ލޫއިސާ މާރިއާ އަލްކާލްދޭ ލުޖާން ،މެކްސިކޯގެ ސެކްރެޓަރީ އޮފް ލޭބަރ

ހަބަރު

މެކްސިކޯ، 2023 ވަނަ އަހަރު އެންމެ ދަށް މުސާރަ 20 އިންސައްތަ އިތުރުކުރަނީ

ރާނިއާ - އައްޑޫ އަތޮޅު | 6 ޑިސެންބަރު 2022 , އަންގާރަ 10:44   232

ލޭބަރ އެންޑް ބިޒްނަސް ސެކްޓާއާއި އެކު އެއްބަސްވުމަކަށް އައުމަށް ފަހު، މެކްސިކޯގެ މިނިމަމް ވޭޖް ނުވަތަ އެންމެދަށްކޮށް ދެވޭ އުޖޫރަ 2023 ވަނަ އަހަރާ އަޅާބަލާއިރު 20 ޕަސެންޓް އިތުރުވާނެ ކަމަށް ސަރުކާރުން ބުރާސްފަތި ދުވަހު އިއުލާންކޮށްފިއެވެ.

މެކްސިކޯ ސިޓީގައި ސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޭބަރ މިނިސްޓަރު ލޫއިސާ މާރިއާ އަލްކާލްޑޭ އިއުލާން ކުރެއްވީ، ޖެނުއަރީ 1 ގައި ދުވާލަކު އެންމެ ކުޑަ އުޖޫރަ 172 މެކްސިކޯ ޕެސޯ (9 ޑޮލަރު) އިން 207 މެކްސިކޯ ޕެސޯ (10.82 ޑޮލަރު) އަށް އިތުރުވާނެ ކަމަށެވެ.

މި އެއްބަސްވުމަށް އައިސްފައިވަނީ ސަރުކާރާއި، ލޭބަރ ސެކްޓަރ، އަދި ބިޒްނަސް ސެކްޓަރގެ އިއްތިފާގުން ކަމަށް އަލްކާލްޑޭ ވިދާޅުވިއެވެ.

މިނިމަމް ވޭޖް ބޮޑުކޮށްފައިވަނީ 2018 ވަނަ އަހަރު ނިމުނުއިރު ލޮޕޭޒް އޮބްރާޑޯ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކޮންމެ އަހަރަކު ވެސް ޑަބަލް ޑިޖިޓް ޕަސެންޓް އިތުރުކޮށް މެކްސިކޯގެ އާމްދަނީގެ ފަރަގު ފިލުވައިދިނުމަށް ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ.

އެންމެ ފަހުން މިނިމަމް ވޭޖް ބޮޑުކުރީ އިންފްލޭޝަނަށް ރިއާޔަތްކޮށް، ޚާއްސަކޮށް އަސާސީ މުދަލުގެ އަގު ބޮޑުވުމުން ކަމަށް ލޮޕޭޒް އޮބްރަޑޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

މި އިތުރުވުމުން ގާތްގަނޑަކަށް 6.4 މިލިއަން މަސައްކަތްތެރިންނަށް ނުވަތަ މެކްސިކޯގެ ރަސްމީ ވަޒީފާގެ ބާރުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުންނަށް ފައިދާ ކުރާނެ ކަމަށާއި އެއީ ފާއިތުވި އަހަރުތަކަށް ވުރެ ގިނަ އަދަދެއް ކަމަށް މެކްސިކޯގެ ނޭޝަނަލް މިނިމަމް ވޭޖް ކޮމިޝަންގެ ވެރިޔާ ލުއިސް މުންގްވިއާ ވިދާޅުވިއެވެ.

ޓެގްސް: އިގްތިޞޯދު މެކްސިކޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.