ސްރީލަންކަން އެއާލައިންސް އަކީ ލަންކާގެ ޤައުމީ އެއާރލައިން

ދުނިޔެ

ސްރީލަންކަން އެއާލައިން ރޫޅާލަނީތޯ ނުވަތަ ނޫންތޯ، ގޮތެއް ނިންމަނީ

ރާނިއާ - ލަންކާ | 4 ޑިސެންބަރު 2022 , އާދީއްތަ 15:57   297

ސްރީލަންކަން އެއާލައިންސްގެ ސަބްސިޑަރީތައް ވިއްކުމާއި، ނުވަތަ މުޅި ވިޔަފާރި އެއްކޮށް ނުވަތަ ބައިބަޔަށް ބައްސަވާއިގެން ޕްރައިވަޓައިޒް ކުރުމާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރްޕަލާ ޑި ސިލްވާ ވަނީ ވިދާޅުވިއެވެ.

ސްރީލަންކަން އެއާލައިންސް ގެ އޮފިޝަލުން ވަނީ މިދިޔަ ހަފްތާގައި އޭވިއޭޝަން މިނިސްޓްރީގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އޭވިއޭޝަން މިނިސްޓްރީއިން ވަނީ އެންމެ ފުރަތަމަ ސްރީލަންކަން އެއާލައިންސް އާއި ހަވާލުކޮށްފައިވާ ކޭޓަރިން ޔުނިޓުގެ 49 އިންސައްތައާއި، ގްރައުންޑް ހޭންޑްލިން ޔުނިޓުގެ 49 އިނސައްތަ ވިއްކާއި ދަރަނި އަދާކުރުމަށް ހުށަހަޅާފައެވެ. އެއަށްފަހު ސްރީލަންކަން އެއާލައިންސްގެ 49 އިންސައްތަ ވިއްކުމަށް ވަނީ ހުށަހަޅާފައެވެ.

ކޭޓަރިންނާއި، ގްރައުންޑް ހޭންޑްލިން އަކީ އެންމެ ފަސޭހައިން ފާއިދާ ލިބޭނެ ވިޔަފާރިތަކެވެ. އަދި މިވިޔަފާރިތައް ގަންނަ ބަޔަކަށް އެއިން ފާއިދާ ލިބިގެނދާނެ ކަމަށް އޮބްޒާވަރުން ފާހަގަކުރިއެވެ.

އެއާލައިން އޮފަރޭޝަންތަކާއި ވަކި ވިޔަފާރިއެއް ކަމަށްވާ ގްރައުންޑް ހޭންޑްލިން އަކީ ވެސް ފަސޭހައިން އާމްދަނީ ލިބޭ ވިޔަފާރިއެކެވެ. އަދި ރަނގަޅަށް ވިއްކައި، އެކަށީގެންވާ ގޮތަކަށް ޓެކްސް ނަގައިފިނަމަ ދައުލަތުގެ އާމްދަނީވެސް އިތުރުވެގެން ދާނެ ކަމަކަށް ގްރައުނޑް ހޭންޑްލިން ވެގެން ދާނެއެވެ.

ސްރީލަންކަން އެއާލައިންސްގެ ސޮވަރިން ގެރެންޓީ ދަރަނި ހިމެނޭ ގޮތަށް ގާތްގަނޑަކަށް ބިލިއަނެއްހާ އެމެރިކާ ޑޮލަރުގެ ދަރަންޏަކާއި، 2019 ވަނަ އަހަރުގެ ކުރިން ގަތް ތެލުން ދައުލަތުގެ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނަށް ދައްކަންޖެހޭ ދަރަނި ވެސް އެބަހުއްޓެވެ.

ޓެގްސް: ސްރީލަންކަން އެއަރލައިންސް ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.