އެމެޒޯން ޑޮޓް ކޮމް އިންކް އަކީ އެމެރިކާގެ މަލްޓީނޭޝަނަލް ޓެކްނޮލޮޖީ ކުންފުންޏެއް

ވިޔަފާރި

މަތީ އެގްޒެކެޓިވުން ހިމެނޭ ގޮތަށް އެމެޒޯންއިން 20،000 މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމައިފި

ރާނިއާ - ދުނިޔެ | 7 ޑިސެންބަރު 2022 , ބުދަ 11:18   202

ރިޕޯޓުތަކުން ބުނާ ގޮތުގައި އެމެޒޯން އިން ކުރިން ބުނެފައިވާ އަދަދުގެ ދެގުނަ މީހުން ވަޒީފާއިން ވަކި ކުރާނެ ކަމަށް ލަފާ ކުރެވެއެވެ.

ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުގައި ތިބި 20،000 އެމެޒޯން މުވައްޒަފުން ވަޒީފާއިން ވަކި ކުރެވިގެން ދާނެއެވެ.

ކުންފުނިން މުވައްޒަފުން ލެވެލް 1 އިން ލެވެލް 7 އަށް ރޭންކް ކުރެވިގެން ދާއިރު ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަށް ވެސް މިކަމުގެ ސަބަބުން އަސަރު ކުރާނެ ކަމަށް އެކަށީގެނވާ ކަމަށް ރިފޯޓުގައި ބުނެފައިވެއެވެ.

މެޓާއާއި ޓްވިޓާ ފަދަ ޓެކް ޖަޔަންޓް ތަކުން ވަޒީފާތަކުން ގިނަ އަދަދެއްގެ މީހުން ވަކިކުރުމާއެކު، އެމެޒޯން އިން ވެސް މިމަގުން ދާނެ ކަމަށް ނިއު ޔޯކް ޓައިމްސްގައި ނޮވެމްބަރު މަހުގެ މެދު ތެރޭގައި ބުނެފައިވެއެވެ.

ހަމަ އެހެންމެ ދާދި ފަހުން ނެރެފައިވާ މި ރިޕޯޓުގައި ބުނެފައި ވަނީ ފާއިތުވެ ދިޔަ މަދު ދުވަސްކޮޅެއް ތެރޭ ކުންފުނީގެ މެނޭޖަރުންނަށް މުވައްޒަފުންގެ ވޯކް ޕަފޯމެންސް މައްސަލަތަށް ދެނެގަތުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.

މިގޮތުން އެމެޒޯންއިން 20،000 މުވައްޒަފުން ވަޒިފާއިން ވަކިކޮށްފި ނަމަ ކޯޕަރޭޓް ސްޓާފުގެ ގާތްގަނޑަކަށް 6 އިންސައްތަ މުވައްޒަފުން މަދުވެގެން ދާނެއެވެ. އަދި މީގެ ތެރޭގައި ގްލޯބަލް ޑިސްޓްރިބިއުޝަން ސެންޓަރާއި ގަޑިއަކު މަސައްކަތްކުރާ މީހުން ހިމެނޭ ގޮތަށް އެމެޒޯންގެ 1.5 މިލިއަން ވަރުގަދަ ވޯކްފޯސްގެ ގާތްގަނޑަކަށް 1.3 އިންސައްތަ މުވައްޒަފުންވެސް ގެއްލިގެންދާނެއެވެ.

މިއާއެކު، ވަޒީފާއިން ވަކި ކުރެވޭ މުވައްޒަފުންނަށް 24 ގަޑި އިރުގެ ނޯޓިސްއަކާއި، ސެވެރެންސް ޕޭ ކުންފުނީގެ ކޮންޓްރެކްޓާއި އެއްގޮތަށް ދެވޭނެއެވެ.

ޓެގްސް: އެމޭޒަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.