ކާކުކަން ނޭނގޭ ފަރާތްތަކާއި ޒާތީ މަޢްލޫމާތު ޙިއްޞާނުކުރައްވާ.

ހަބަރު

މިއަހަރު އެކަނިވެސް ސްކޭމްގެ ގޮތުގައި 23 މިލިއަން ރުފިޔާ ފޭރިގެނެފި

ރާނިއާ - ދިވެހި ރާއްޖެ | 6 ޑިސެންބަރު 2022 , އަންގާރަ 11:20   165

މިއަހަރުގެ ފާއިތުވި ދުވަސްތަކުގެ ތެރޭ އެކަނިވެސް 998 ސްކޭމްތަކުގެ މައްސަލަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިރު، ޖުމްލަ 23 މިލިއަން ރުފިޔާ ވަނީ މިމަޅީގައި ޖެހި ޝިކާރަކަށް ވެފައިވާ މީހުން އަތުން ފޭރިގަންފައި ކަމަށް ކޮމިޝްނާ އޮފް ޕޮލިސް މުހައްމަދް ހަމީދު މިއަދު ބޭއްވިގެން ދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

މިއަހަރު 998 މައްސަލަ ހުށަހަޅާފައިވާއިތު މިއީ ދުވާލަކު އެވަރެޖްކޮށް ދޭއް، ނުވަތަ ތިން މައްސަލައެވެ. އަދި މިއަހަރު ފާއިތުވި 11 މަހަށް ބަލާނަމަވެސް އެއީ ކޮންމެ މަހަކު 90 މައްސަލައެވެ. އަދި މިއަހަރު ސްކޭމްތަކުން ގެއްލިފައިވާ ޖުމްލަ ފާއިސާއަށް ބަލައި ކަމުގައިވާ ނަމަ ދުވާލަކު މައްޗަށް 68،000 ރުފިޔާ ސްކޭމަށް ގެއްލިގެން ދިއުމާއެކު މިއީ މަހަކު އެވަރެޖްކޮށް ދެ މިލިއަން ރުފިޔާކަން ވެސް ފާހަގަކޮށްލެވެއެވެ.

މިފަދަ ސްކޭމްތަކުގައި ޖެހޭ މީހުންގެ އަދަދު އިރުރުވަމުން ދާތީ މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން މުއައްސަސާތައް އެއް ތަނެއްގައި މަޝްވަރާ ކުރުމަށް މިއަދު ވަނީ ވޯކްޝޮޕެއް ފަށާފައެވެ. އަދި ސްކޭމްތަކުގެ މައްސަލައަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގައިވެސް ބޮޑުވެފައިވާ މައްސަލައެއް ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.

ސްކޭމްގެ ތެރޭގައި މިހާރު އެންމެ ބޮޑަށް އާންމުވެފައި ވަނީ ގުޅައިގެން މީހުން އަތުން ބޮޑު އަދަދުތަކުން ލާރި ހޯދުމެވެ. އަދި 2019 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް 1432 ސްކޭމް ކޯލްތަކުގެ މައްސަލަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ކުރިން ވިދާޅުވެފައެވެ.

މިފަދަ ގިނަ ކޯލްތަކަކީ ޖަލުގައި ތިބޭ ގައިދިއިން ވަގަށް ފޯން ވައްދައިގެން ކުރާ ފޯންތައް ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ކަރެކްޝަންއާއި ފުލުހުން ގުޅިގެން ސްކޭމް ކޯލްތައް ހުއްޓުވުމަށް ވަނީ ގިނަ މަސައްކަތްތަކެއްް ކޮށްފައެވެ. މީގެ ތެރޭގައި 590 ސިމް ކާޑެއް ޑިސްކަނެކްޓުކުރުމާއި، 532 އައިއެމްއީއައި ނަމްބަރެއް ބްލެކްލިސްޓުކުރުމާއި، 10 އައިޕީއެއް ބްލޮކް ކުރުމާއި އަދ 14 ވެބްސައިޓެއް ބްލޮކް ކުުރުން ހިމެނެއެވެ.

ޖަލުން ކުރެވޭ ސްކޭމް ކޯލްތައް ހުއްޓުވުމުގެ ގޮތުން ކަރެކްޝަނުން ވަނީ މަފުށި ޖަލުން ކުރެވޭ ހުރިހާ ކޯލްތަކެއް މޮނީޓަރު ކުރެވޭ އެންޓެނާއެއް ހަރުކޮށް، މިފަދަ ކޯލްތައް އެންޓެނާއިން ބްލޮކް ކުރެވޭ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. އަދި ރެޖިސްޓްރީ ނުކޮށް ތިބޭ ނަންބަރުތައް ބޭނުން ކޮށްގެން މިފަދަ ކޯލްތައް ކުރަމުންދާތީ ޕްރީއެކްޓިވޭޓެޑް ސިމް ވިއްކުން ވަނީ މަނާކޮށްފައެވެ.

ޓެގްސް: ކުށްކުރުން ޕޮލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.