އިންފްލޭޝަންގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސާދު 2023 ވަނަ އަހަރު 0.4 އިނަސްއްތަ ދަށްވާނެ

ވިޔަފާރި

އިނގިރޭސިވިލާތުގެ އިގްތިސާދު 2023 ވަނަ އަހަރު ދަށް ވާނެ: ސީބީއައި

ރާނިއާ - ޔޫރަޕް | 6 ޑިސެންބަރު 2022 , އަންގާރަ 10:41   180

އިނގިރޭސިވިލާތުގެ އިގްތިސާދު އަންނަ އަހަރު 0.4 އިންސައްތް ދަށްވާނެކަމަށް ބެލެވޭއިރު، ތަކެތީގެ އަގު އުފުލި، ވިޔަފާރިތަކުން ވަނީ އިންވެސްޓްކުރުން ވެސް ހުއްޓާލާފައެވެ. މިގޮތުން ދިގު މުއްދަތުގެ ކުރިއެރުމަށް މިކަމުގެ ސަބަބުން އަސަރުކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކޮންފެޑެރޭޝަން އޮފް ބިޒްނަސް އިންޑަސްޓްރީސް (ސީބީއައި) އިން ލަފާކުރާކަމަށް ވަނީ ހޯމަ ދުވަހު ބުނެފައެވެ.

ސީބީއައި ގެ މިހާރުގެ ލަފާތަކަކީ ޖޫން މަހުގައި އެމީހުން 2023 ވަނަ އަހަރުގައި 1.0 އިންސައްތައަށް އިގްތިސާދު ކުރިއަރާނެ ކަމަށް ބުނެ ކުރި ލަފާތަކާއި މުޅިން ހިލާފުވާ ކަމެކެވެ. އަދި 2024 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ކޯވިޑްގެ ކުރިން އޮތް ފެންވަރަށް އަނބުރާ އަންނާނެ ކަމަށް ސީބީއައި އިން އުންމީދު ނުކުރެއެވެ.

ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން ގުދުރަތީ ގޭހުގެ އަގު ބޮޑުވުމުގެ އިތުރުން، ކޯވިޑް-19 އަށް ފަހު ލޭބަރ މާކެޓް އެއްކޮށް ރަނގަޅުނުވެ އިންވެސްޓްމަންޓާއި އުފެއްދުންތެރިކަން ބަލިކަށިވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސާދަށް ވަނީ މިކަމުގެ ނޭދެވޭ އަސަރު ކޮށްފައެވެ.

ވަޒީފާ ނެތް މީހުންގެ އަދަދު މިހާރުގެ 3.8 އިންސައްތައިން 2023 ވަނަ އަހަރުގެ ފަހުކޮޅާއި 2024 ވަނަ އަހަރުގެ ކުރީކޮޅުގާއި 5.0 އިންސައްތައަށް އިތުރު ވާނެ ކަމަށް ވެސް ސީބީއައި އިން ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ އިންފްލޭޝަން އޮކްޓޯބަރު މަހުގައި ފާއިތުވި ދިޔަ 41 އަހަރުގައި މަތި ނުވާ ވަރަށް 11.1 އިންސައްތައަށް އަރައި، ކޮންސިއުމާ ޑިމާންޑް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ސީބީއައި އިން ލަފާކުރާ ގޮތުގައި އިންފްލޭޝަން އަންނަ އަހަރު 6.7 އިންސައްތައަށް ދަށްވެ 2024 ވަނަ އަހަރާއި ހަމަޔަށް 2.9 އިންސައްތައަށް ދަށްވާނެއެވެ.

ސީބީއައި އާއި އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) އިން ލަފާކުރާ ގޮތުގައި އަންނަ އަހަރު ރަޝިޔާ ފިޔަވައި އިގްތިސާދު އެންމެ ދަށް ޔޫރަޕް ގައުމަކަށް އިނގިރޭސިވިލާތު ވެގެން ދާނެއެވެ.

ސީބީއައި އިން ލަފާކުރާ ގޮތުގައި 2024 ވަނަ އަހަރު ނިމޭއިރު ވިޔަފާރިއަށް ކުރާ އިންވެސްޓްމަންޓް ޕްރީ ޕެންޑެމިކް ލެވެލްއަށް ވުރެ 9 އިންސައްތްއަށް ދަށްވާނެ ކަމަށާއި، ކޮންމެ މަސައްކަތްތެރިއެއްގެ އައުޓްޕުޓް 2 އިންސައްތަ ދަށްވާނެއެވެ.

މިކަމުން ސަލާމަތްވުމަށްޓަކައި ސީބީއައި އިން ވަނީ ބްރެކްސިޓަށް ފަހު އިނގިރޭސިވިލާތުގައި އޮތް ވޯކް ވިސާ ނިޒާމު ފްލެކްސިބަލްކޮށް، ބިމުގައި ވިންޑް ޓަރބައިން ހެދުން މަނާކުރުން ނިންމާލައި، އިންވެސްޓްމަންޓަށް ޓެކްސްގެ ބޮޑު އިނާޔަތްތަކެއް ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.