ދަނޑުގައި ބަޔަކު ސަޕޯޓުކުރަނީ

ދުނިޔެ

ރަލާއި ނުލާއި ވޯލްޑް ކަޕް، 'ތަފާތު' މާހައުލެއް

ރާނިއާ - މެދުއިރުމަތި | 6 ޑިސެންބަރު 2022 , އަންގާރަ 10:29   203

ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕްގެ ސަޕޯޓަރުން ބުނާ ގޮތުގައި ބަނގުރާ ނެތި މާހައުލު ތަފާތެވެ. އެކަމަކު އެއީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި ދެބަސްވުންތަކެއް ވެސް ވަނީ އުފެދިފައެވެ.

ބައެއް މީހުން ބުނާ ގޮތުގައި ދަނޑުތަކުގައި ރާ ނެތުމާއި ރާ ހޯދަން ބޭނުންވާ މީހުންނަށް ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.

އަނެއް ބަޔަކު ބުނާ ގޮތުގައި އެކަމުގެ ސަބަބުން އެއްވެސް ތަފާތެއް ނެތެވެ. މީގެ އިތުރުން ވޯލްޑް ކަޕްގައި ރާ ފޯރުކޮށް ނުދިނުމަކީ އާއިލާއައި ރައްޓެހި މާޙައުލެއް ޤާއިމުވުމުގެ އިތުރަށް އުދުވާނީ ކަންކަން ވެސް މަދުކޮށްދިން ކަމެކެވެ. އަދި މި މީހުން ދެން ކުރިއަށް އޮތް ވޯލްޑް ކަޕް ތަކުން ވެސް މިކަން ދެކެން ބޭނުންވާ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

ގަތަރުގެ ވޯލްޑް ކަޕް ދަނޑުތަކުގައި ބަނގުރާ ވިއްކުން މުބާރާތުގެ ދެ ދުވަސް ކުރިން އުސޫލަތައް އަނބުރާ ބަދަލުކޮށް، މަނާކޮށްފައިވީ ނަމަވެސް ފޭން ޒޯންތަކާއި ޤަޠަރުގެ ބައިނަލްއަގްވާމީ ގިނަ ހޮޓާތަކުން ބަނގުރާ ލިބެން ހުރެއެވެ.

"މިކަމުގެ ސަބަބުން ވޯލްޑް ކަޕަށް ވަނީ ކޮންމެވެސް ވަރެއްގެ ޕޮޒިޓިވިޓީއެއް ގެނެސްދީފައި" މުބާރާތް ނިންމާލާ ހުކުރު ދުވަހު އުރުގުއޭ އަތުން ބްލެކް ސްޓާސް ބަލިވުމުގެ ކުރިން ގާނާގެ ސަޕޯޓަރު އަސެންސޯ އަޓާ ޕީޓާ ބުންޏެވެ.

"ސަޕޯޓަރުންގެ ސުލޫކު އެހެންވެ ވަރަށް ރަނގަޅު، އަދި މިކަމުގެ ސަބަބަކީ އެމީހުން ބަނގުރާ ނުބޮއި އުޅޭތީ،" އުމުރުން 40 އަހަރުގެ އަސެންސޯ އިތުރަށް ބުންޏެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ދެކުނު ކޮރެއާ އާއި ޕޯޗުގަލް ބައްދަލުކުރި މެޗު ބަލަން އޮސްޓްރޭލިއާގެ ނޮކްއައުޓް ސްޓޭޖެ މެޗު ބަލަން ގަތަރުގައި ތިބި މައިކް އާއި ލޫކް ތިބީ ފެނާއި ސޮފްޓް ޑްރިންކްތަކުގައި ހިފަހައްޓައިގެންނެވެ.

"އެއީ އުނދަގޫ ކަމެއް(ބަނގުރާ ނެތި)، ޔަގީނުންވެސް މާހައުލު ވަރަށް ތަފާތު،" އުމުރުން 39 އަހަރުގެ ލޫކް ބުންޏެވެ.

"މިއީ ޕާޓީގެ މާހައުލަކާ ހިލާފަށް އާއިލީ މާހައުލެއް- ތިބާއަށް އާއިލާއާއި، ކުދިން ގޮވައިގެން އާދެވޭ ފަދަ މާހައުލެއް، އަދި އުފާފާޅުކުރުމުގެ އެންމެ ކުރީގައިވެސް ތިބީ މިމީހުން،" އުމުރުން 36 އަހަރުގެ މައިކް އިތުރަށް ބުންޏެވެ.

ހަމަ އެ މެޗު ބަލަން ގޮސްފައިވާ ކަންގް ޔޮންގް-ކީ ބުނެފައިވާ ގޮތުގައި ރަށުގައި ކުޅޭ މެޗުތަކުގައި ވެސް ބަނގުރާ ލިބެން ނުހުންނަށް ކަމަށްވާތީ އޭނާއަކަށް މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

މިމީހުންނަކީ ބަނގުރާ ނުބޯ ނުވަތަ އެމީހުންގެ ރަށުގައި އޮންނަ ފުޓްބޯޅަ މެޗުތަކުން ބަނގުރާ ނުލިބޭ މީހުންކަމަށް ވުމުން އޭއެފްޕީން ވާހަކަ ދެއްކި އަންހެން އަދި ފިރިހެން ގިނަ ސަޕޯޓަރުން ބުނީ ބަނގުރާ ނެތުމަކުން އެމީހުންނަށް އެއްވެސް ތަފާތެއް ނުފެންނަކަމަށެވެ.

ހަމަ ޔަގީނުންވެސް މިފަހަރު ގަތަރުގައި އޮތް މި ވޯލްޑް ކަޕަކީ ހުރިހާ ގޮތަކުންވެސް ތަފާތު ވޯލްޑް ކަޕެކެވެ.

ޓެގްސް: ޤަތަރު ފުޓުބޯޅަ ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.