މައުންޓް ސެމެރޫ އަލިފާން ފަރުބަދަ ގޮވާފައި ވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން

ދުނިޔެ

މައުންޓް ސެމެރޫ އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން އިންޑޮނޭޝިއާގައި 2،000 އެއްހާމީހުން ސަލާމަތީ ސަރަހައްދުތަކަށް ގެންދެވިއްޖެ

ރާނިއާ - އޭޝިއާ | 6 ޑިސެންބަރު 2022 , އަންގާރަ 15:49   143

އިންޑޮނޭޝިއާގައި ޑިސެމްބަރު 4 ގައި އަލިފާން ފަރުބަދައެއް ގޮވައި 15 ކިލޯމީޓަރު ދުރަށް ވަނީ ދުންގަޑު ފެތުރި ގާތްގަނޑަކަށް 2،000 މީހުން ގެތަށް ދޫކޮށް އެހެން ސަރަހައްދުތަކަށް ބަދަލުވާން މަޖުބޫރު ކުރުވާފައި ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ސެމެރޫ އަލިފާން ފަރުބަދަ ގޮވުމުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ވަގުތީ ރިޕޯޓެއް ލިބިފައި ނުވެއެވެ. އަދި ވައިގެ ދަތުރުފަތުރަކަށް ވެސް އެއްވެސް އަސަރެއް ކޮށްފައި ނުވިކަމުގައިވިޔަސް ސަމާލުވުމަށް ނޯޓިސް ފޮނުވާފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޖާވާގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ސެމެރޫ އަލިފާން ފަރުބަދަ މިދިޔަ އަހަރު ގޮވައި 50 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދިޔުމަށް އެފަހަރު މަޖުބޫރުވިއެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ) އިން ބުނީ 11،979 މީހުން 11 ހިޔާއަކަށް ބަދަލުކޮށްފައިވާއިރު ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުންނަށް މާސްކް ވެސް ބަހާފައެވެ. އިންޑޮނޭޝިޔާ ގަޑިން ހެނދުނު 2:46 ހާއިރު ގޮވުން ފެށުނުއިރު، މީހުން ސަލާމަތްކުރުމާއި، މީހުން ހޯދުމާއި، މީހުން ނެރުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަލިފާންގަނޑުގެ ދުން 15 ކިލޯމީޓަރުގެ އުސްމިނަށް އަރާފައިވާ ކަމަށް ޖަޕާނުގެ މޫސުމާބެހޭ އެޖެންސީން ބުނެފައި ވާއިރު، މިމީހުން ތިބީ އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ސުނާމީއެއް އަރާއިފާނެ ކަމުގެ ބިރުގައެވެ. ނަމަވެސް ފަހުން ވަނީ އެކަން ބާތިލްކޮށްފައެވެ.

ވެރިރަށް ޖަކާޓާގެ އިރުމަތިން ގާތްގަނޑަކަށް 640 ކިލޯމީޓަރު ދުރުގައި އޮންނަ މި އަލިފާން ފަރުބަދަ ގޮވުން ހިނގާފައި ވަނީ ޖާވާގެ ހުޅަނގަށް އައި ސިލްސިލާ ބިންހެލުންތަކާއި ގުޅިގެން ކަމަށް ވާއިރު އޭގެ ތެރޭގައި މިދިޔަ މަހު 300 އަށް ވުރެ ގިނަ މީހުން މަރުވި އެއް ހާދިސާވެސް ހިމެނެއެވެ.

އިންޑޮނޭޝިއާގެ ސެންޓަރ ފޯ ވޯލްކެނޮލޮޖީ އެންޑް ޖިއޮލޮޖިކަލް ހެޒާޑް މިޓިގޭޝަން، ޕީވީއެމްބީޖީއިން ވަނީ އަލިފާން ފަރުބަދައިގެ ހަރަކާތްތަކުގެ މިންވަރު އެންމެ މަތީ ދަރަޖައަށް ގޮސްފައިވާ ކަމަށް ބުނެ، ސެމެރޫގެ އަލިފާން ފަރުބަދައާއި 8 ކިލޯމީޓަރުގެ ތެރޭގައި ކައިރި ނުވުމަށް އިންޒާރު ދީފަ އެވެ.

ޕީވީއެމްބީޖީގެ ވެރިޔާ ހެންޑްރާ ގުނަވާން ވިދާޅުވީ މީގެ ކުރިން އަލިފާން ފަރުބަދަ ގޮވި ގޮތާއި އަޅާބަލާއިރު، 2021 އަދި 2020 ވަނަ އަހަރު މެގްމާގެ ބޮޑު ވަލީއެއް އުފެދިދާނެ ކަމަށާއި އެއީ ބޮޑު ސަރަހައްދަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެކެވެ.

142 އަލިފާން ފަރުބަދަ ހިމެނޭ އިންޑޮނޭޝިއާ އަކީ މިފަދަ ފަރުބަދަތަކުގެ ކައިރިން ދިރިއުޅެމުންދާ ދުނިޔޭގެ އެންމެ ބޮޑު އާބާދީއެވެ. އަދި އެއް އަލިފާން ފަރުބަދާއިގެ 10 ކިލޯމީޓަރު ދުރުގައި 8.6 މިލިއަން މީހުން އުޅެމުން އާދެއެވެ.

ޓެގްސް: އިންޑޮނޭޝިއާ ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.