ތިލަމާލެ ބްރިޖްގެ ކޮންސެޕްޓް ކުރެހުމެއq

ހަބަރު

ތިލަމާލެ ބްރިޖްގެ މަސައްކަތުގައި ބޭނުން ކުރަމުން އައިސްފައިވާ ކެރޭނެއްގެ ބައެއް ވެއްޓިއްޖެ

ރާނިއާ - ކ. މާލެ | 6 ޑިސެންބަރު 2022 , އަންގާރަ 14:41   211

ތިލަމާލެ ބްރިޖް އެޅުމުގައި ކަނޑުގައި ޖަހާ ތަނބެއް ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން އިއްޔެ ވަނީ ކަނޑަށް ކެރޭނެއްގެ ބައިތަކެއް ވެއްޓިފައެވެ.

ހައުސިންގ މިނިސްޓްރީއިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ ކެރޭނުގެ ބޮޑުބައި ވެއްޓިފައި ވަނީ ކެރޭން ބަހައްޓާ ޕްލެޓްފޯމުގެ ތެރެއަށް ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް މިނިސްޓްރީއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ހަމައެހެންމެ މި ޕްރޮޖެކްޓްގެ ޕްލޭނިންގ މިނިސްޓްރީގެ އިސްކޮށް އުޅުއްވާ އޮފިޝަލަކު ވަނީ ވެއްޓިފައިވަނީ ކްރޭންގެ 'ބޫމް' ކިޔައި ބައެއް ކަމަށް ބުނެފައެވެ. އަދި މިހާދިސާ ދިމާވެފައިވަނީ ކީއްވެތޯއާއި، ކަނޑަށް ވެއްޓިފައިވާ ބައި ނެގުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މިކަމުގެ ސަބަބުން ބްރިޖްގެ އަމަލީ މަސައްކަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ބެކަޕް ޕްލޭންތަކުގެ ދަށުން ހމަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ޔަގީންކޮށްދީފައެވެ.

އޮގަސްޓް މަހު 16 ވަނަ ދުވަހު ވަނީ މިފަދަ ހާދިސާއެއް ދިމާވެފައެވެ. ބްރިޖެ ސާވޭގެ ގޮތުގައި އެފްކޮންސް މީހުން ބޭނުންކޮށްފައިވާ ޕްލެޓްފޯމެއް ވަނީ އެފަހަރު ވިލިމާލެ ފަރަށް އަރާފައެވެ. އަދި ޕްލެޓްފޯމްގެ ބައިތައް ނެގުމުގެ މަސައްކަތް ފަށާފައި ވަނީ ވެއްޓުނުތާ 12 ދުވަސް ފަހުން ކަމަށް ވާތީ ފަރަށް ބޮޑު ގެއްލުންތަކެއް ވަނީ ވެފައެވެ.

ހަމަ އެހެންމެ މިހާދިސާއާއި ގުޅިގެން އެފްކޮންސް މީހުން ވަނީ 69.4 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދިވެހި ސަރުކާރަށް މަސް ދުވަހެއްގެ ތެރޭގައި ދައްކަން މަޖުބޫރުވެފައެވެ.

ޓެގްސް: ތަރައްޤީގެ މަސައްކަތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.