2022 ވަނަ އަހަރުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއިން ވަނީ އަސްކަރީ ތަމްރިނެއްގެ ގޮތުގައި ޓައިވާން ވަށާލައިފައި

ހަބަރު

ޓައިވާން ސްޓްރޭއިޓްސް، ހާދިސާއެއް ހިންގައިފިނަމަ ބައިނަލްއަގްވާމީ އިގްތިސާދަށް ނޭދެވޭ އަސަރުތައް ކުރާނެ : ބެލިންކެން

ރާނިއާ - އޭޝިއާ | 17 ޑިސެންބަރު 2022 , ހޮނިހިރު 10:47   101

ޓައިވާނުގެ ސްޓްރޭއިޓްސްގައި ދިމާވި ދަތިކަމާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް އަސަރު ކުރާނެ ކަމަށް އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް އެނަތަނީ ބލިންކަން ވަނީ އަނަގާރަ ދުވަހު ބުނެފައެވެ.

ދުނިޔޭގެ ކޮންޓެއިނަރުތަކުގެ 50 އިނސައްތަ ދުވާލަކު ސްޓްރެއިޓް ތެރެއިން ދަތުރުކުރާއިރު، މައިކްރޯޕްރޮސެސަރާއި ސެމީކޮންޑަކްޓަރުގެ ބޮޑު ބައެއް އުފައްދަނީ ޓައިވާނުން ކަމަށް އެމެރިކާގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަށް ހީވާ ގޮތުގައި އަޅުގަނޑުމެންގެ ވާހަކާއިގެ އިތުރުން ޗައިނާއަށް އަންނަނީ އެހެން ގައުމުތަކުން ވެސް ޗައިނާއަށް އެކަނި ވިސްނައިގެން ހާލަތު ބަދަލު ކުރުމަށް ފިޔަވަޅު ނާޅަން އިރުޝާދުދެމުން، " ބްލިންކަން ވިދާޅުވިއެވެ.

ޓައިވާންގެ ވަށައިގެންވާ ހާލަތު ގޯސްވީ އޮގަސްޓް މަހުގެ ކުރީކޮޅު އެމެރިކާގެ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ އެ ޖަޒީރާއަށް ވަޑައިގަތުމުގެ ފަހުންނެވެ.

ވަކިވެގަތުމަށް ތާއީދު ކުރުމުގެ އިޝާރާތެއްގެ ގޮތުގައި ބެއިޖިން ޕެލޯސީގެ ދަތުރު ކުށްވެރިކޮށް، ޖަޒީރާ ސަރަހައްދުގައި ބޮޑެތި އަސްކަރީ ތަމްރީނުތަކެއް ވަނީ ފަށާފައެވެ.އެހެން ނަމަވެސް، އޭގެ ފަހުން ޖަރުމަނުވިލާތް ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ވަނީ އެ ޖަޒީރާއަށް ވަފުދުތައް ފޮނުވައި، ޓައިވާން ސްޓްރެއިޓްގައި ފެތުރިފައިވާ ފިތުނަތައް އިތުރުކޮށްފައެވެ.

ޓައިވާނަކީ 1949 ވަނަ އަހަރުން ފެށިގެން ޗައިނާގެ ބިންގަނޑުން މިނިވަންކަމާއެކު ވެރިކަން ކުރަމުން އަންނަ ގައުމެކެވެ.ބެއިޖިން އިން އެ ޖަޒީރާއަކީ ޗައިނާގެ ޕްރޮވިންސެއްގެ ގޮތުގައި ދެކޭއިރު، އަމިއްލަ އިންތިޚާބީ ސަރުކާރެއް އޮންނަ ސަރަހައްދެއް ކަމަށްވާ ޓައިވާނުން ބުނަނީ އެއީ އޮޓޮނޮމިކް ގައުމެއް ކަމަށާއި ނަމަވެސް މިނިވަންކަން އިއުލާން ކޮށްފައި ނުވެއެވެ.

ބޭރުގެ ގައުމުތަކުން ޓައިޕޭއާއި ރަސްމީކޮށް އެއްވެސް ގުޅުމެއް ބާއްވަން ބެއިޖިން އިން ދެކޮޅު ހަދައި، އެ ޖަޒީރާގެ މައްޗަށް ޗައިނާގެ އިސްތިގުލާލު އޮތުމަކީއެމީހުންގެ ހައްގެއް ކަމަށް ބެއިޖިން އިން ދެކެއެވެ.

ޓެގްސް: ޓައިވާން އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.