ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް

ހަބަރު

މަރާމާތަށް ބަންދުކުރާ ރިސޯޓުތަކުގެ ކުލިފަސްކޮށްދިނުމަށް ފާސްކޮށްފި

އަލީ އަޒްޔަން - ދުނިޔެ | 8 ޑިސެންބަރު 2022 , ބުރާސްފަތި 16:04   205

ފަތުރުވެރިކަންުކުރުމަށް ދޫކޮށްފައިވާ ތަންތަން މަރާމާތަށް ބަންދުކުރާނަމަ، އެމުއްދަތެއްގެ ކުލި ފަސްކުރެވޭގޮތަށް، ޤަވާއިދަށް އިސްލާޙް ގެނެސް، ގެޒެޓްކޮށްފިއެވެ.

މިފަދަ ޤަވާޢިދެއް ފުރަތަމަ އެކުލަވާލާފައިވަނީ 2019 ވަނަ އަހަރު އެވެ. މިނިސްޓްރީން ވިދާޅުވެފައިވަނީ، މިފަދަ ބަދަލެއް ގެންނަންޖެހުނީ، އިންވެސްޓްކުރާ ފަރާތްތަކަށް ލުއިތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައިކަމަށެވެ.

އިސްލާޙްގައިވާގޮތުން، މިކަމަށްޓަކައި ލިޔުމުން ހުއްދަ ހޯދަންޖެހޭއިރު، އެހުއްދަ ދޫކުރުވޭނީ ގިނަވެގެން 18 މަސް ދުވަހަށްކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މަސައްކަތުގެ 50 އިންސައްތަ މުއްދަތުގެ ތެރޭގައި ނިމިފައިވާނަމަ އިތުރު 12 މަސް ދެވިދާނެއެވެ.

އަދި މިހުއްދަ މުއްތަށްފަހު، 2 އަހަރު ތެރޭގައި ދައްކާ ނިންމަން ޖެހެއެވެ.

މަރާމާތަށް ތަނެއް ބަންދުކުރެވޭނީ ކޮންމެ 10 އަހަރަކުން 1 ފަހަރު ކަމަށް ވެސް އާ ޤަވާޢިދުގައި ބުނެފައިވެއެވެ.

ޓެގްސް: ޓޫރިޒަމް ޤާނޫނުތަކާއި ޤަވާޢިދުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.