ގެލެކްސީ ނޯޓް ފޯނެއް

ޓެކްނޯލޮޖީ

ގެލެކްސީ ނޯޓް ނިމުމަކަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 1 މާރޗް 2022 , އަންގާރަ 12:54   476

ސެމްސުންގ ގެލެކްސީ ނޯޓް ގަޔާވާ މީހުން އަދިވެސް މަދެއް ނޫނެވެ. ގެލެކްސީ ނޯޓް ފޯނަކީ ސްޓައިލަސް ޕެން އަކަށް ޑިޒައިންކޮށް ފީޗާރކޮށްފައިވާ ޕްރޮފެޝަނަލް މީހުންނަށް ޚާއްސަ ފޯނެކެވެ.

ގެލެކްސީ ނޯޓުގެ އެންމެ ފަހުގެ މޮޑެލް ކަމަށްވާ ނޯޓް 20 އަލްޓްރާ ބާޒާރަށް ނެރެފައިވަނީ 2020 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ. ނިމ ދިޔަ އަހަރު އެކަނި ވެސް މިމޮޑެލްގެ 3.2 މިލިއަން ފޯނު ވިއްކާފައިވެއެވެ. މިއީ ގާތް ގަނޑަކަށް ސެމްސުންގ ކުންފުނިން ވިއްކި ޖުމްލަ ފޯނު އަދަދުގެ ތިންބައިކުޅަ އެއްބައެވެ.

ސެމްސުންގ ކުންފުނިން ހާމަކޮށްފައިވާގޮތުގައި ދެން މިފޯނު ބާޒާރަށް ނެރޭނީ ސެމްސުންގ ގެލެކްސީ އަލްޓްރާގެ ނަމުގައެވެ. ކޮންމެއަކަސް މިފޯނު އާ ވާޝަނެއް މިއަހަރުތެރޭ ބާޒާރަށް ނެރެވުމުގެ ފުރުޞަތު ކުޑައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.