ޗައިނާގެ ރައީސް ޝީ ޖިންޕިން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ގަލްފް ލީޑަރުންނާއި ކުރި ބައްދަލުވުމުގެ ތެރެއިން

ވިޔަފާރި

ގަލްފް ސަމިޓުގައި ޔުއާން އިން ތެލުގެ ވިޔަފާރި ކުރުމަށް ޝީ ޖިންޕިން ގޮވާލައްވައިފި

ރާނިއާ - މެދުއިރުމަތި | 10 ޑިސެންބަރު 2022 , ހޮނިހިރު 14:38   236

ހުކުރު ދުވަހު ގަލްފްގެ ލީޑަރުންނާއި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ބައްދަލުކޮށްފައެވެ. އަދި ޗައިނާގެ ފާއިސާ ޔުއާން އަކީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ފާއިސާއެއްގެ ގޮތުގައި ހެދުމަށް ތެލާއި ގޭސް ގަތުމަށް ޔުއާންގެ ބޭނުން ކުރާނެ ކަމަށްވެސް ޗައިނާގެ ރައީސް ވަނީ ބުނެފައެވެ.

ޝީ މިހެން ވިދާޅުވެފައިވަނީ ސައުދީ އަރަބިއްޔާގައި ވަލީއުހުދު މުހައްމަދް ބިން ސަލްމާން ޗައިނާގެ ލީޑަރާއިއެކު ބޭއްވި ދެ 'މައިލްސްޓޯން' އަރަބި ސަމިޓުތަކެއްގެ ތެރެއިންނެވެ. އަދި މި ކަމުގެ ސަބަބުން ހުޅަނގާއި ގާތް ތާރިހީ ގުޅުންތަކުގެ ބޭރުން ބޭއްވިގެން ދިޔަ މި ސަމިޓަކީ ވަލީއަހުދުގެ ބާރުގަދަ ކަން ދައްކުވައިދޭ ކަމެއްވެސް މެއެވެ.

ހުކުރު ދުވަހުގެ މަޝްވަރާތައް ފެށުނުއިރު ވަލީއަހުދު މުހައްމަދު ވަނީ "މިއީ ޗައިނާއާއި ގުޅުން ބަދަހިކުރުމުގެ ތާރީހީ އާ މަރުހަލާއެއް" ކަމަށް ވިދާޅުވެފައެވެ.

ޗައިނާއައި ސައުދީ އަރަބިއްޔާއިން ސްޓްރެޓެޖިކް އަދި އިގްތިސާދީ ގިނަ ޑީލްތަކުގައި ސޮއިކޮށްފައި ވާއިރު، މި ދެގައުމުގެ ގުޅުން މައިގަނޑު ގޮތެއްގައި ދެމިއޮންނާނީ ހަކަތައާއި ބެހޭ މަސްލަހަތުތަކުގައި ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ރިޔާދް އަކީ ޗައިނާއަށް ތެޔޮ ފޯރުކޮށްދޭ ގައުމުތަކުގެ ތެރެއިން މައި ގައުމަކަށް ވުމުން ދެގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ދުނިޔޭގެ ބާޒާރުގެ ހަމަޖެހުމާއި ހަކަތައާއި ގުޅިގެން އެއްބާރުލުން ދިނުމުގެ މުހިންމުކަން އަލުން ކަށަވަރުކޮށްދީފައެވެ.

ތެޔޮ ނޫން ވިޔަފާރި ކުރިއެރުވުމަށާއި ސުލްހަވެރި ނިއުކްލިއާ ހަކަތައަށް އެއްބާރުލުން އިތުރު ކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ޝީ ވިދާޅުވީ ބެއިޖިން އިން ގަލްފް އަރަބި ގައުމުތަކުން ގިނަ އަދަދެއްގެ ތެޔޮ އެތެރެކޮށް ލިކުއިފައިޑް ގުދުރަތީ ގޭސްތައް އެތެރެކުރާ އަދަދުވެސް ފުޅާކުރާނެ ކަމަށެވެ

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.