މުހައްމަދް ޝަރީފް އަކީ އެންވައިރަމެންޓް ކްލައިމެޓް ޗޭންޖް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ

ހަބަރު

ޑިޖިޓަލް އައިޑީކާޑު ސްކްރީންޝޮޓް، އަދި ސްކްރީންރިކޯޑް ނުކުރެވޭނެ : ސްޓޭޓް މިނިސްޓަރ މުހައްމަދް ޝަރީފް

ރާނިއާ - ދިވެހި ރާއްޖެ | 12 ޑިސެންބަރު 2022 , ހޯމަ 11:48   265

އަލަށް ތައާރަފް ކުރަން ނިންމާފައިވާ ޑިޖިޓަލް އައިޑީކާޑް އަކީ ރައްކާތެރި ކުރެވިފައިވާ އެއްޗަކަށް ވުމުން އޭގެ ސްކްރީންޝޮޓް ނަގައި ސްކްރީންރިކޯޑް ނުކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް އެންވައިރަމެންޓް ކްލައިމެޓް ޗޭންޖް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ މުހައްމަދް ޝަރީފް ވަނީ ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.

އައިޑީކާޑުތަކުގެ ވަގު ކޮޕީ ހައްދާ މައްސަލަތަށް މަދުން ނަމަވެސް ރާއްޖޭގައި ކޮންމެވެސް ވަރަކަށް އަންނަނީ ކުރަމުންނެވެ. ނަމަވެސް ޑިޖިޓަލް އައިޑީ ކާޑުގެ އިލޮކްޓްރޯނިކް ކޮޕީއެއް ދެނަކު ނެހެދޭނެ ކަން ޔަގީނެވެ. ސަބަބަކީ އެޕްލިކޭޝަން ފަރުމާ ކުރެވިފައިވަނީ ސްކރީންޝޮޓް އަދި ސްކްރީންރިކޯޑް ނުކެރެވޭ ގޮތަށް ކަމަށް ވަމުން މި ބިރު ދެން ނޯންނާނެއެވެ.

އީފާސް އެޕްލިކޭޝަން މެދުވެރިކޮށް ދެން ސަރުކާރުން ކޮންމެ މީހަކާ ބެހޭ ގޮތުން ދޫކޮށްފައިވާ ޒާތީ މައުލޫމާތު ހިމެނޭ ހުރިހާ ކާޑެއް ޑިޖިޓަލްކޮށް ބޭނުންކުރެވޭނެއެވެ. ހަމަ އެހެންމެ މި އައިޑީ ކާޑަކީ ގިނަ ސެކިއުރިޓީ ފީޗާތަކެއް ހިމެނޭނެ ކާޑެއް ކަންވެސް ޔަގީނެވެ.

މިއެޕްލިކޭޝަން ފުރަތަމަ ތައާރަފް ކުރެވިގެންދާއިރު ދިވެހި ރައްޔިތެއް ކަން އަނގައިދޭ އައިޑެންޓިޓީ ކާޑާއި ޑްރައިވިން ލައިސެންސް ހިމެނުނު ކަމުގައި ވިޔަސް ފަހުން އިތުރު ކާޑުތައް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ކާޑުތަކުގެ ހިމެނޭ މައުުލޫމާތުތައް އެޕްލިކޭޝަންގައި ހިމަނާނީ އެކަމުގެ ޒިންމާވާ މުއައްސަސާތައް ކަމަށް ވާއިރު، އެޕްލިކޭޝަންގައި ހިމެނޭ އެއްވެސް މައުލޫމާތަކަށް އަމިއްލައަށް ބަދަލެއް ނުގެނެވޭނެ ކަމަށްވެސް މިނިސްޓަރ ޝަރީފް ވިދާޅުވިއެވެ.

ޒާތީ މައުލޫމާތުތައް ފިޔަވައި އިތުރު ޒާތީ މައުލޫމާތުތަކެއް މިއެޕްލިކޭޝަން މެދުވެރިކޮށް ދައުލަތުގެ އިދާރާތަކަށް ނުނަގާނެ. އަދި ރުހުމެއް ނެތި އެއްވެސް ފަރާތަކަށް ނުހޯދޭނެ.

~ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަރީފް

ޑިޖިޓަލް އައިޑެންޓިޓީ ކާޑު މިހާރު ވަނީ ޓެސްޓް ކުރުމުގެ މަރުހަލާގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިމަހު ތެރޭ ޑިޖިޓަލް އައިޑީ ކާޑު ބޭނުން ކުރަން ފަށާނެ ކަމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީ) އިން ވަނީ ބުނެފައެވެ.

އަދި ސަރުކާރުގެ މުއައްސަސާއެއްގައި ރަސްމީކޮށް ރަޖިޮސްޓްރީ ކޮށްފައިވާ ހުރިހާ މައުލޫމާތެއް އެޕްލިކޭޝަން އިން ލިބޭނެ ކަމަށް އެންސީއައިޓީ އިން ވަނީ ބުނެފައެވެ.

މިގޮތުން ކައިވެންޏާ ދަރިންގެ މައުލޫމާތު ވެސް އެޕްލިކޭޝަން އިން ބެލެވޭނެއެވެ.

ޓެގްސް: ޤާނޫނުތަކާއި ޤަވާޢިދުތައް ބޯހިމެނުން އަދި އާބާދީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.