ރާއްޖޭގެ ރިސޯޓެއް

ހަބަރު

ވޯލްޑް ކަޕަށް ފަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފި

ރާނިއާ - ދިވެހި ރާއްޖެ | 13 ޑިސެންބަރު 2022 , އަންގާރަ 09:38   193

ވޯލްޑް ކަޕް ނިމުމަކަށް އަންނަ އިރު ގިނަ ޓީމުތަކުގެ ކުޅުންތެރިންނާއި ސަޕޯޓް ކުރަން ގޮސްފައިވާ މީހުން ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެއެވެ.

ކޮންމެ އަހަރެއްގެ ފަހުކޮޅާއި އައު އަހަރާއި ދިމާކޮށް އޮންނަ ދުވަސްކޮޅަކީ ރާއްޖޭގެ ފަރުރުވެރިކަމުގެ ޕީކް ސީޒަންއެވެ. އަދި މިއަހަރުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވި ކަމުގައި ވިޔަސް ވޯލްޑް ކަޕް ކުރިއަށް ދާތީ ގިނަ މީހުންވީ ޤަތަރަށް ދަތުރުކޮށްފައެވެ. ހަމައެހެންމެ ވޯލްޑް ކަޕް ބެލުމަށްވެސް މީހުން ވަގުތު ހޭދަ ކުރާ ކަމަށް ވާތީ ޗުއްޓީއަށް ދަތުރު ކުރާ މީހުންގެ އަދަދު ވަނީ ބައިނަލްއަގްވާމީ ގޮތުން ދަށްވެފައެވެ.

ރާއްޖޭގެ މަތީ ފަންތީގެ ގިނަ ރިސޯޓްތައް ވަނީ މިހާރުވެސް ފުރިފައި ކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ރިޔާޢަތްކުރައްވާ ޓޫއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުސޫމް ވިދާޅުވިއެވެ. މިގޮތުނަ ފަތުރުވެރިކަމުގެ އެހެން ފެސިލިޓީތަކަށް އަންނަ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

ވޯލްޑް ކަޕް ނިމުމަށް ފަހު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ އިރު، މިނަމްބަރުތައް ހާސިލު ކުރެވިއްޖެއްޔާ އަހަރު ވަރަށް ރަނގަޅަސް ނިންމާލެވޭނެ ކަމަށް ވެސް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކަށްވީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ. އަދި މިއަމާޒު އަންނަ ހަފްތާ ތެރޭގައި ހާސިލުކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުން ވަނީ ވޯލްޑް ކަޕް ނިންމާފައި ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަން ބުކިން ހަދާފައިވާ ކަމަށް ބުނެފައެވެ. މިގޮތުން މިއަހަރު ނިމެންވާ ތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ.

ހަމައެހެންމެ ވޯލްޑް ކަޕަށް ފަހު ރާއްޖެއަށް ގިނަ ފަތރުވެރިން އަންނާނެ ކަމަށޤ ލަފާކުރެވޭ އިތރު، ވޯލްޑް ކަޕުން ކަޓާފައިވާ ބައެއް ޓިމުތަކުގެ ތަރިން ވަނީ މިހާރުވެސް ރާއްޖެ އައިސްފައެވެ. އަދި މިކަމާއި ގުޅިގެން ރާއްޖެއަށް ލިބިފައިވާ ސަމާލުކަން އިތުރުވެފައިވާކަން ޔަގީނެވެ.

ޓެގްސް: ވޯލްޑްކަޕް ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.