ސައިކްލޯން މަންޑޫސް އަކީ 2022 ވަނަ އަހަރު އުތުރު އިންޑިއާ ކަނޑުގެ ތޫފާން ސީޒަނުގައި ހިނގަމުންދާ ޓްރޮޕިކަލް ތޫފާނެއް

ހަބަރު

އިންޑިއާގެ ދެކުނުގައި ތޫފާން މަންޑޫސް އަރައި 4 މީހަކު މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލިފައި

ރާނިއާ - އިންޑިއާ | 12 ޑިސެންބަރު 2022 , ހޯމަ 19:16   180

އިންޑިއާގެ ތަމިލް ނާޑޫ ސްޓޭޓްގެ މަމައްލާޕޫރަމް އަށް ހުކުރު ދުވަހުގެ ރޭ ދަންވަރު ތޫފާން މަންޑޫސް އަރައި ބޯކޮށް ވާރޭވެހި ހަތަރު މީހަކު ވަނީ ތޫފާނުގައި ޖެހި މަރުވެފައެވެ.

ހޮނިހިރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް މިނިސްޓަރ އެމްކޭ ސްޓާލިން ވިދާޅުވީ 181 ގެއަކަށް ގެއްލުން ލިބިފައިވާއިރު 200 އަށް ވުރެ ގިނަ ރިލީފް ކޭމްޕްތަކުގައި ހިޔާވަހިކަމުގެ އިތުރުން ރިލީފް އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށެވެ.

ހަމައެހެންމެ ސްޓޭޓް ކެޕިޓަލް ޗެންނާއިގާއި ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ ވެއްޓިފައިވާ ގަސްތައް ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޗެންނާއިގެ ގިނަ ސަރަހައްދުތަކުގައި ކަރަންޓު ކެނޑިފައިވާތީ ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ އެ މައްސަލަ ހައްލު ކުރަމުންނެވެ.

މިގޮތުން ހޮނިހިރު ދުވަހު ޗެންނާއިގެ ކަމާއިބެހޭވ ފަރާތްތަކުންނާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެއްޓިފައި ތިބި ގަސްތަކާއި ގޮފިތައް އެތަންތަނުން ނެގުންކަން ޔަގީނެވެ. އެހެންކަމުން މިމަސައްކަތުގެ ބުރަ އުފުއްލަން މަޖުބޫރު ވެފައިވަނީ ކޮންޒަވޭޝަން ސްޓާފުންނާއި ފަޔާ ސާވިސްގައި އުޅޭ މީހުންނާއި ފުލުހުން ފަދަ ފްރޮންޓްލައިން މަސައްކަތްތެރިންނެވެ.

ތޫފާނުގެ ސަބަބުން މަދުވެގެން 300 ގަސް ބިންދައިގެން ގޮސް ގިނަ ކަރަންޓް ޕޯލްތަކަށް ގެއްލުން ލިބިފައިވާ ކަމަށް ގްރޭޓާ ޗެންނާއި ކޯޕަރޭޝަންގެ ޗީފް ކޮމިޝްނަރު ގަގަން ސިންގްހ ބެދީ ވަނީ ވިދާޅުވެފައެވެ.

އަވަށްޓެރި ރަށް އާންދްރާ މޕްރަދޭޝްއަށް ވެސް ބޯކޮށް ވާރޭވެހި ކޯރުތަކާއި، މަގުތަކުގައި ފެންބޮޑުވެ ޓްރެފިކްއަށް ވަނީ ބުރޫއަރާފައެވެ.

ޓެގްސް: އިންޑިއާ ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.