އެފްރިކާގެ ލީޑަރުންނާއި އެކު ވޮޝިންޓަން ޑީސީގައި ބޭއްވި ސަމިޓެއްގައި މައިކްރޮސޮފްޓުން ބުނީ މިސްރާއި ސެނެގާލް އަދި އެންގޯލާގެ ބައެއް ހިސާބުތަކަށް ފުރަތަމަ ފަހަރަށް އިންޓަނެޓް ގެނައުމަށް އިސްކ

ޓެކްނޯލޮޖީ

މައިކްރޮސޮފްޓުން ސެޓަލައިޓް މެދުވެރިކޮށް އެފްރިކާއަށް އިންޓަނެޓް ފޯރުކޮށްދެނީ

ރާނިއާ - އެފްރުކާ | 17 ޑިސެންބަރު 2022 , ހޮނިހިރު 11:56   265

ތަރައްގީވަމުން އަންނަ ދުނިޔެއާއި އެކު ޑިޖިޓަލް ބައިބައިވުން ފުއްދުމަށް ކުރާ މަސައްކަތުގެ ތެރެއިން އެފްރިކާގެ ދެބައިކުޅަ އެއްބައި މީހުންނަށް ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތް 10 މިލިއަން މީހުންނަށް ގެނައުމަށް މައިކްރޮސޮފްޓުން މަސައްކަތް ކުރާނެ ކަމަށް ވަނީ ޑިސެމްބަރު 14 ވަނަ ދުވަހު އިއުލާންކޮށްފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްކޮށް ހުންނަވައިގެން ވޮޝިންޓަންގައި އެފްރިކާގެ ލީޑަރުންނާއި އެކު ބޭއްވި ސަމިޓެއްގައި ޓެކްނޮލޮޖީގެ ލީޑަރު ވިދާޅުވީ މިސްރާއި ސެނެގާލް އަދި އެންގޯލާގެ ބައެއް ހިސާބުތަކަށް ފުރަތަމަ ފަހަރަށް އިންޓަނެޓް ގެނައުމަށް އިސްކަންދީގެން ސެޓެލައިޓް މަޝްރޫއު ވަގުތުން ފަށާނެ ކަމަށެވެ.

ސެޓެލައިޓް ޕްރޮވައިޑަރު ވިއަސެޓްއާއި ގުޅިގެން މައިކްރޮސޮފްޓުން ބުނީ ގުއަޓެމާލާ، މެކްސިކޯ އަދި އެމެރިކާގެ ދުރު ހިސާބުތަކުގައި ވެސް އިންޓަނެޓް ފޯރުކޮށްދިނުމާއި ނައިޖީރިއާ އާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ވެސް މަސައްކަތްތައް ވަރުގަދަ ކުރާނެ ކަމަށެވެ.

މައިކްރޮސޮފްޓްގެ ރައީސް ބްރެޑް ސްމިތު ވިދާޅުވީ އިންޓަނެޓް ބޭނުންކުރުމުގެ އެންމެ ބޮޑު ދަތި އަކީ އެފްރިކާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށް ކަރަންޓުގެ ހިދުމަތް ނުލިބޭ ކަމެވެ.

އޭނާ ވިދާޅުވީ މައިކްރޮސޮފްޓުން ފޯކަސް ކުރަނީ އިންޓަނެޓާއި ކަރަންޓް ވެސް ނެތް ސަރަހައްދުތަކުން އަގުހެޔޮ ހައްލުތަކެއް ހޯދުން ކަމަށެވެ.

އެންމެ ފަހުގެ މަސައްކަތަކީ މައިކްރޮސޮފްޓްގެ އެއާބޭންޑް އިނިޝިއޭޓިވްގެ ތެރެއިން 2025 ވަނަ އަހަރު ނިމޭއިރު 250 މިލިއަން މީހުންނަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

ތަރައްގީވެފައިވާ ގައުމުތަކާއި ކުރިއަރަމުން އަންނަ ބައެއް ބޮޑެތި އިޤްތިޞާދުތަކުގައި އިންޓަރނެޓްގެ ދާއިރާއިން ހަލުވި ކުރިއެރުންތަކެއް ލިބުނު ނަމަވެސް، 2.9 ބިލިއަން މީހުން ނުވަތަ ދުނިޔޭގެ ތިންބައިކުޅަ އެއްބައި މީހުންނަށްވުރެ ގިނަ މީހުން ދުވަހަކުވެސް އޮންލައިންވެފައެއް ނުވާކަމަށް އ.ދ. ގެ އިންޓަނޭޝަލަން ޓެލެކޮމިއުނިކޭޝަން ޔޫނިއަން އިން ވަނީ ބުނެފައެވެ.

ޓެގްސް: އެފްރިކާ ބައްރު މައިކްރޯސޮފްޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.