މޮހްދް ޒުކީ އަލީ އަކީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސަރުކާރުގެ ޗީފް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައިވާ މެލޭޝިއާގެ ސިވިލް ސާވަންޓެއް

ހަބަރު

މެލޭޝިއާ: ސިޔާސީ ގޮތުން އައްޔަނުކުރެވިފައި ތިބި ހުރިހާ ފަރާތްތަކުގެ ކޮންޓްރެކްޓް އުވާލަން ނިންމައިފި

ރާނިއާ - މެލޭޝިޔާ | 15 ޑިސެންބަރު 2022 , ބުރާސްފަތި 18:10   160

ފެޑެރަލް ގާނޫނީ އިދާރާތަކާއި ސަރުކާރާއި ގުޅުން ހުރި ކޯޕަރޭޝަންތަކުގައި ސިޔާސީ ގޮތުން އައްޔަންކުރާ މީހުންގެ ގޮތުގައި ބަލާ ޗެއާމެނުންނާއި ބޯޑު މެމްބަރުންގެ ދައުރު ނިމުމަކަށް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ ޑިސެމްބަރު 14 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައެވެ.

ސަރުކާރުގެ ޗީފް ސެކްރެޓަރީ ޓަން ސްރީ މޮހޮދް ޒުކީ އަލީ ސޮއި ކުރައްވާފައިވާ ޑިރެކްޓިވްއެއް މިހާރު ވަނީ ހުރިހާ މިނިސްޓްރީއެއްގެ ސެކްރެޓަރީ ޖެނެރަލުންނަށް ވެސް ފޮނުވާފައެވެ.

މި ނިންމުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީ އަށް އައްޔަން ކޮށްފައިވާ ފަރާތްތަކުގެ އިތުރުން ސަރުކާރުގެ ހިއްސާ އޮންނަ ވިޔަފާރިތަކަށް ވެސް އަސަރު ކުރާނެއެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި މިނިންމުމަށް އައިސްފައިވަނީ ސިޔާސީ މަގާމްތަކުގައި އެމީހުންގެ މަސައްކަތް ގާބިލްކަމާއިއެކު ކުރެވޭ ފަރާތްތަކުގެ އިތުރުން މިކަން ނުކުރެވޭ މީހުންވެސް ގިނަ ކަމަށް ގަބޫލުކުރާ ގިނަ މިނިސްޓަރުންގެ މަޝްވަރާތަކަށް ފަހުއެވެ.

ނަމަވެސް ބައެއް ވަޒީރުންނާއި ގުޅުމުން ވިދާޅުވީ، އާ މަގާމުތަކެއް ހަމަޖެއްސުމަށް ބޮޑުވަޒީރު އަންވަރު އިބްރާހިމަށް އިހްތިޔާރީ ބާރު ދޭން ޖެހޭ ކަމަށެވެ.

ޓެގްސް: މެލޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.