ރަޝިޔާގެ ނޮވޮރޮސިސްކް ކައިރީގައި އޮންނަ ކެސްޕިއަން ޕައިޕްލައިން ކޮންސޯޓިއަމްގެ ކްރޫޑް ޓާމިނަލްގައި އޮތް ތެޔޮ ޓޭންކަރެއް

ވިޔަފާރި

އުފެއްދުންތެރިކަން އިތުރުވި ނަމަވެސް ރަޝިޔާގެ ތެލުގެ އާމްދަނީ ނޮވެމްބަރު މަހު ދަށްވެއްޖެ

ރާނިއާ - ޔޫރަޕް | 18 ޑިސެންބަރު 2022 , އާދީއްތަ 10:45   290

ޔޫކްރޭނަށް އަރައިގަތުމުގެ ކުރިން ހުރި މިންވަރަށް ވުރެ ކުޑަ ތަންކޮޅެއް ދަށް މިންވަރަކަށް އުފެއްދުންތެރިކަން އިތުރުވި ނަމަވެސް މިދިޔަ މަހު ރަޝިޔާގެ ތެލުގެ އާމްދަނީ ދަށްވެފައިވާ ކަމަށް އިންޓަނޭޝަނަލް އެނާޖީ އޭޖެންސީއިން ބުނެފި އެވެ. އަދި މިއީ ކްރެމްލިންގެ އާމްދަނީ ހިފެހެއްޓުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވުމުގެ ނިޝާނެއް ކަމަށް ވެސް އައިއީއޭ އިން ވަނީ ބުނެފައެވެ.

އައިއީއޭ އިން ލަފާކުރާ ގޮތުގައި ނޮވެމްބަރު މަހު ތެޔޮ ވިއްކައިގެން ރަޝިޔާއަށް ގާތްގަނޑަކަށް 15.8 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ސެޕްޓެމްބަރު މަހު ލިބުނު 14.7 ބިލިއަން ޑޮލަރަށް ފަހު މިއަހަރުގައި ރަޝިޔާއިން ތެޔޮ ވިއްކައިގެން ލިބުނު އެންމެ ދަށް އާމްދަނީއެވެ.

ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމަށް ފަހު ދުވާލަކު ސާފުނުކުރާ ތެޔޮ އެކްސްޕޯޓް ކުރާ މިންވަރު 8.1 މިލިއަން ފީފާއަށް އިތުރުކޮށްފައިވި ކަމުގައި ވިޔަސް ރަޝިޔާގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށް ވެފައެވެ.

ރަޝިޔާގެ އާމްދަނީގެ އެންމެ ބޮޑު މަސްދަރު ތަމްސީލުކުރާ ހަކަތަ އެކްސްޕޯތްތަކުން ކްރެމްލިންއަށް ލިބޭ އާމްދަނީ ހުއްޓުވުމަށް ހުޅަނގުގެ އެހެން ގައުމުތަކުން އެޅި ފިޔަވަލު މަސައްކަތް ކޮސްފައިވާ ކަން މިކަމުން އެނގެއެވެ.

ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ސަރުކާރުތަކުން ކްރެމްލިންގެ އާމްދަނީ ކުޑަކުރުމާއި ތެލުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމާ ދެމެދު މެދުމިޖނެއް ހޯދުމަށް މަސައްކަތް ކުރަމުން ދިޔައިރު އީޔޫ އާއި ޖީ7 އިން ރަޝިޔާގެ ކަނޑުމަތީގެ ތެލުގެ އަގު ފީފާއަކަށް 60 ޑޮލަރު ތައާރަފްކުރި އެވެ. ރަޝިޔާ ނޫން ތެލުގެ އަގު ބުދަ ދުވަހު ހުރީ ގާތްގަނޑަކަށް 81 ޑޮލަރުގަވެ.

ރަޝިޔާގެ ތެޔޮ ފީފާއެއް މިހާރުވެސް 60 ޑޮލަރަށް ވުރެ ދަށަށް ވިޔަފާރި ކުރަމުންދާތީ، މި ދަތިކުރުމަކީ ކިހާ ފައިދާހުރި ކަމެއްތޯ އިންޑަސްޓްރީއަށް ފާރަވެރިވާ ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. އައިއީއޭ އިން ބުނީ އެގައުމުން އެކްސްޕޯޓްކުރާ ތެލުގެ ބާވަތެް ކަމަށްވާ، ޔޫރަލްސް ޑިސެމްބަރު މަހުގެ ކުރީކޮޅު ފީފާއެއް ގާތްގަނޑަކަށް 43 ޑޮލަރަށް ވެއްޓިފައިވާ ކަމަށެވެ.

ޓެގްސް: ރަޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.