ޖެޑާ ކޯނިޗް ސާކަޓްގައި 2021 ވަނަ އަހަރުގައި ސައުދީ އަރަބިއްޔާ ގެރޭންޑް ޕްރީ ބޭއްވިގެންދިޔަ

ދުނިޔެ

އެފް1 - 2024 ގެ ސީޒަން ހުޅުވާ މެޗު ސައުދީ އަރަބިއްޔާގައި ބެއްވުމަށް ހަމަޖައްސައިފި

ރާނިއާ - މެދުއިރުމަތި | 17 ޑިސެންބަރު 2022 , ހޮނިހިރު 11:41   163

އެފް1 އިން 2021 ވަނަ އަހަރުން ފެށިގެން ސައުދީ އަރަބިއްޔާގައި ރޭސް ޖަހަން 10 އަހަރުގެ ފައިދާހުރި އެއްބަސްވުމެއްގައި ސޮއިކުރިއިރު، ކުރިއަށް އޮތްތަނުގައި ޖެޑާ ކޯނިޗް ސާކިޓުން އަލަށް ބިނާކުރާ ޤިއްދީޔާއަށް ރޭސް ބަދަލުކުރުމުގެ ޕްލޭންތައް ވަނީ ރާވާފައެވެ.

މިރޭހަކީ 2021 ވަނަ އަހަރުގެ 'ޕެންއަލްޓިމެޓް' ރޭސްކަމަށް ވެފައިވިއިރު، ސީޒަންގެ ކުރީކޮޅު 2022 ވަނަ އަހަރުގައި ދެވަނަ ބުރު ބަހްރެއިންގެ ގްރޭންޑް ޕރީގައި ބާއްވަން ނިންމިއެވެ.

2023 ވަނަ އަހަރު އަނެއްކާ ވެސް ދެވަނަ ބުރު އޮތް ނަމަވެސް، 2024 ވަނަ އަހަރު ޖެޑާގައި ހުޅުވާލާ މެޗު ބާއްވަން ވަނީ ހަމަޖެހިފައެވެ.

މި މައުލޫމާތު ހާމަވެފައި ވަނީ އޮސްޓްރޭލިއާގެ ގްރޭންޑް ޕްރީގެ ކޮންޓްރެކްޓް ދެ އަހަރަށް އިތުރުކޮށް، އެފް1 2037 ވަނަ އަހަރާއި ހަމައަށް މެލްބަންއަށް ޒިޔާރަތްކުރާނެކަން ކަށަވަރުކޮށްދީފައިވާ ކަމަށް ވިކްޓޯރިއާ ސަރުކާރުން އިއުލާން ކުރުމުންނެވެ.

ކުރީގެ އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިއާ އިން 2024 ވަނަ އަހަރު ފުރަތަމަ ރޭސް ބާއްވަން ހަމަޖެހިފައިވީ ރަމަޟާން މަހުގައި ކަމަށް ވުމުން ސައުދީ އަރަބިއްޔާގައި ތިބި ޕްރޮމޯޓަރުންގެ އެދުމުން ތާރީހުތައް ވަނީ ބަދަލުކުރެވިފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އޮސްޓްރޭލިއާގައި 2020 ވަނަ އަހަރުގެ ފުރަތަމަ މެޗު ކެންސަލް ކުރުމަށްފަހު، މެލްބަން މި އަހަރު އެނބުރި ޝެޑިއުލްއަށް އައީ ބަހްރެއިން އާއި ސައުދީ އަރަބިއްޔާއަށް ފަހު ސީޒަންގެ ތިންވަނަ ބުރުގެ ގޮތުގައެވެ.

ޓެގްސް: ސައުދީ ޢަރަބިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.