އިއްސެ ނުވަތަ ޢާއްމު ނަމުންނަމަ ޖަމްބޯއަކީ ފައިވަވާނުގެ ވިޔަފާރީގެ އިތުރުން ކާގޯ ކުންފުންޏެއްގެ ވެރިފަރާތް

ހަބަރު

ފުވައްމުލަކަށް ނިސްބަތްވާ ވިޔަފާރިވެރިޔާ "ޖަމްބޯ" ބްރިޖްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވެއްޖެ

އަލީ އަޒްޔަން - ދުނިޔެ | 16 ޑިސެންބަރު 2022 , ހުކުރު 17:33 3   1416

މީގެ 22 އަހަރު ކުރިން ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ހިޖުރަކުރި، ފުވައްމުލަކަށް ނިސްބަތްވާ މަޝްހޫރު ވިޔަފާރިވެރިޔާ އިސްމާޢިލް މޫސާ (ޖަމްބޯ) ހުކުރު ދުވަހުގެ މެންދުރު 2.30 އެހާކަށްހާއިރު، ހުޅުމާލެ ބްރިގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވެއްޖެއެވެ.

ޖަމްބޯ އަކީ ގިނަ ޢަދަދަކަށް ފައިވާނާއި ލެދަރުން އުފައްދާ ބާވަތްތައް ރާއްޖެއަށް ފޮނުވަމުންދިޔަ ފަރާތެކެވެ. ފައިވާނުގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން އޭނާ ވަނީ ފައިވާން އުފެއްދުމަށްޓަކައި ޚާއްޞަކޮށްގެން ފެކްޓަރީއެއްވެސް ބެންކޮކޮކްގައި ޤާއިމްކޮށްފައެވެ. އަދި އެތަކެތި ވިއްކުމަށްޓަކައި ގިނަ ފިހާރަތަކެއް ހުޅުވާފައިވެއެވެ.

މީގެ އަހަރުތަކެއް ކުރިން ދިވެހިނަށް ޚިދުމަތްދިނުމަށްޓަކައި ކާގޯއެއް ވެސް އުފެއްދާފައިވެއެވެ.

ބެންކޮކަށް ދިރިއުޅުން ބަދަލުކުރުމުގެ ކުރިން މަޖީދީމަގުގައި 10 ފިހާރަ ހިންގިއެވެ. އޭގެތެރެއިން ގިނަ ފިހާރަތަކަކީ ގަލޮޅު ދަނޑުގެ ތިރީގައި ހަދާފައިހުރި ފިހާރަތަކެކެވެ.

އޭނާ އައްޑޫއިން މީހަކާއި ކައިވެނިކޮށް، ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ. އޭގެ ފަހުން ތައިލެންޑުން ވެސް މީހަކާއި ކައިވެނިކޮށް އިތުރު ދަރިއަކު ހުރެއެވެ.

ޖަމްބޯ މިފަހަރު ރާއްޖެ އައިސްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ ނައިސް ހުރުމަށްފަހުއެވެ. މިފަހަރު ރާއްޖެއައީ ދިރިއުޅުން ރާއްޖެ ބަދަލުކުރުމަށްކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.

އެކްސިޑެންޓް ހިނގިތާ 10 މިނެޓް ވެސް ނުވަނީ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް، އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ނިޔާވިއިރު ޢުމުރަކީ 54 އަހަރެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ސާފުވެފައި ނުވެއެވެ. ފުލުހުން ބުނެފައިވަނީ މައްސަލަ ތަޙްޤީގް ކުރަމުން އަންނަކަމަށެވެ.

މިއެކްސިޑެންޓްގެ އިތުރުން ވެސް އެހެން އެކްސިޑެންޓެއް ހަމަ އެގަޑީގައި ހުޅުމާލޭގައި ހިނގައި ބަޔަކަށް އަނިޔާވެފައިވެއެވެ.

ޓެގްސް: އެކްސިޑެންޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.