މެލޭޝިޔާގެ ކޭމްޕް ގްރައުންޑެއްގައި 21 މީހުން މަރުވި ބިންހެލުމުގެ ހާދިސާގައި ޝިކާރައަކަށް ވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ކުން ކުރިއަށް އެބަދޭ

ހަބަރު

މެލޭޝިއާގައި ބިންގަނޑު ކަނޑައިގެން ގޮސް 21 މީހުން މަރުވެ ގިނަބަޔަކު ގެއްލިއްޖެ

ރާނިއާ - މެލޭޝިޔާ | 18 ޑިސެންބަރު 2022 , އާދީއްތަ 10:41   116

މެލޭޝިއާގެ ކޭމްޕްގްރައުންޑަކަށް ބިންހެލުމެއް އައިސް 21 މީހުން މަރުވެފައިވާއިރު، ބިންހެލުމުގެ ތެރޭގައި ވަޅުލެވިފައިވާކަމަށް އިތުރު 12 މީހަކު ހޯދުމަށް ރެސްކިއުޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޯގަނިކް ދަނޑެއްގައި 90 އަށް ވުރެ ގިނަ މީހުން ނިދާފައި ތިއްބާ ހުކުރު ދުވަހު އެތަނުން ގާތްގަނޑަކަށް 30 މީޓަރު މަތީގައި ހުރި މަގެއްގައި ބިންގަނޑު ކަނޑައިގެންގޮސް ގާތްގަނޑަކަށް 3 އަކަފޫޓުގެ ފުންމިނަށް ވަނީ ވަޅުލެވިފައެވެ.

ލޯކަލް މީޑިއާތަކަށް މައުލޫމާތު ދެމުން ކަމާބެހޭ ފަރާތްތަކުން ބުނީ ބިމުގެ ވެރިންގެ އަތުގައި ކޭމްޕްގްރައުންޑެއް ހިންގުމުގެ ލައިސަންސް ނެތް ކަމަށެވެ.

މަދުވެގެން ހަތް މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު އިތުރު ދިހަވަރަކަށް މީހުން އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްކޮށްފައިވާ ކަމަށް ޑިސްޓްރިކްޓް ޕޮލިސް ޗީފް ސުފިއާން އަބްދުالله ވަީ ވިދާޅުވެފައެވެ.

މިހާރު މެލޭޝިއާގައިވާރޭ ވެހޭ މޫސުން ކަމަށް ވާއިރު، އެގައުމުގެ ސަރުކާރުގެ ޑިވެލޮޕްމަންޓް މިނިސްޓަރު އެންގާ ކޯރ މިންގް ވިދާޅުވީ މުޅި ގައުމުގައި ކޯރުތަކާއި ވޯޓާ ފޯލްތަކާއި ފަރުބަދަތަކުގެ ކައިރީގައި ހުންނަ ހުރިހާ ކޭމްޕްސައިޓްތަކެއް ހަފްތާއަކަށް ބަންދުކޮށް ރައްކާތެރިކަން ވަޒަންކުރާނެ ކަމަށެވެ.

އަދިވެސް ގެއްލިގެން ހޯދަމުންދާ ދިހަވަރަކަށް މީހުން ހޯދުމަށް 400 އަށް ވުރެ ގިނަ ރެސްކިއު ކުރާ މީހުންގެ އިތުރުން ޓްރެކިން ޑޯގްސް ވެސް ރޭގަނޑު ވަންދެން މަސައްކަތް ކުރަން ވަނީ ނިންމާފައެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ އެތަނަށް ޒިޔާރަތް ކުރެއްވުމަށް ފަހު މަރުވި މީހުންގެ އިތުރުން ސަލާމަތްވި މީހުންގެ އާއިލާތަކަށް ހާއްސަ ފައިސާއެއް ދޭނެކަން އިއުލާން ކުރައްވާފަ އެވެ.

ޓެގްސް: މެލޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.