ސޯޝަލް މީޑިއާ ޕްލެޓްފޯމް ގަތް ފަހުން އިލޯން މަސްކް ވަނީ މޮޑެރޭޝަންގެ ގިނަ އުސޫލުތަކަށް ބަދަލު ގެނެސްފައި

ހަބަރު

ޓްވިޓާގައި މަނާކޮށްފައިވާ ނޫސްވެރިންގެ އެކައުންޓްތައް އަލުން އަނބުރާދީފި

ރާނިއާ - ދުނިޔެ | 19 ޑިސެންބަރު 2022 , ހޯމަ 12:14   191

ބިލިއަނަރު ވިޔަފާރިވެރިޔާ އިލޯން މަސްކް ބުނީ އޭނާގެ ސޯޝަލް މީޑިއާ ކުންފުނި ޓްވިޓާއިން ސަސްޕެންޑްކުރި ބައެއް ނޫސްވެރިންގެ އެކައުންޓްތައް އަލުން ގާއިމްކުރާނެ ކަމަށެވެ.

މަސް އޭނާގެ ލޮކޭޝަން ހިއްސާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި ސަސްޕެންޑް ކުރި އެކައުންޓްތަކުގެ ތެރޭގައި ނިއުޔޯކް ޓައިމްސް، ވޮޝިންގްޓަން ޕޯސްޓް އަދި ސީއެންއެންވެސް ހިމެނެއެވެ.

ނަމަވެސް މިކަމާއި ގުޅިގެން ފާޑުކިޔުންތައް އިތުރުވެފައި ވުމާއެކު، މަސްކް ވަނީ ޓްވިޓާ ޔޫޒަރުން ކައިރިން ކުރިއަށް ނަގަންވީ ފިޔަވަޅަކާއި މެދު ސުވާލުކޮށްފައެވެ.

ވޯޓުގައި ބައިވެރިވި 3.6 މިލިއަން މީހުންގެ ތެރެއިން 59 އިންސައްތަ ޔޫޒަރުން ވަނީ މިއެކައުންޓްތައް އަނެއްކާ ޓްވިޓާއަށް ގެންނަން ފެންނަ ކަމަށް ވޯޓު ދީފައެވެ.

"ރައްޔިތުންގެ ވާހަކަ އަޑުއިވިއްޖެ. އަހަރެންގެ ލޮކޭޝަން ހިއްސާކޮށްފައިވާ އެކައުންޓްތަކުގެ ސަސްޕެންޝަން އުވާލެވިގެން ދާނެ" ، މަސްކް ޓްވީޓް ކުރިއެވެ.

އެހްން ނަމަވެސް އިލޯން ޖެޓްގެ ނަމުން މަޝްހޫރުވެފައިވާ އެކައުންޓެއް ސަސްޕެންޝަން އުވާލެވުނު އެކައުންޓުތަކުގެ ތެރޭގައި ނުހިމެނެއެވެ. އެކައުންޓްގެ ވެރި ފަރާތް ޖެކް ސްވީނީ ވަނީ އާންމުކޮށްފައިވާ ފްލައިތް ޓްރެކިން މައުލޫމާތު ބޭނުންކޮށްގެން ޓްވިޓާގެ ބާނީގެ ޖެޓް ފުރާ ގަޑިއާއިި، ޖެޓު ޖައްސާ ގަޑިތަށް ވަގުތުން ޓްވީޓްކޮށްފައެވެ.

އަދި މަސްކް ވަނީ އޭނާގެ ދަރިފުޅު ކާރެއްގައި ދަތުރުކުރަނިކޮށް ފާރަލާ މީހަކު ދީފައިވާ އަނިޔާގެ ޒިންމާ އެއެކައުންޓުން ނަގަން ޖެހޭނެ ކަމަށްވެސް ތުހުމަތުކޮށްފައެވެ.

މިގޮތުން ޓްވިޓާގެ ޕްރައިވަސީ ޕޮލިސީ އަޕްޑޭޓް ކުރެވި، ހުއްދައާއި ނުލާއި މީހުންގެ ޒާތީ މައުލޫމާތު ފާޅު ނުކުރެވޭނެ ކަމަށް މިހާރު ޓްވިޓާގެ ޕްރައިވަސީ ޕޮލިސީގައިވެއެވެ.

ޓްވިޓާގައި ސަސްޕެންޑް ކުރި ބައެއް ނޫސްވެރިން ވަނީ ޖެޓް ޓްރެކިން އެކައުންޓާއި ގުޅުން ހުރި ހާދިސާއާއި ގުޅޭ ގޮތުން ރިޕޯޓްކޮށްފަ އެވެ.

އެގޮތުން ސަސްޕެންޝަންތަކަށް ފަހު އީޔޫ އާއި އދ ފަދަ ޖަމާއަތްތަކުގެ އިތުރުން ސަރުކާރުތަކާއި ނޫސްވެރިން ވަނީ މި ފިޔަވަޅު ކުށްވެރިކޮށްފައެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.