އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަކީ 190 ގައުމެއް ހިމެނޭ ގޮތަށް އޮންނަ ޖަމިއްޔާއެއް

ވިޔަފާރި

މިސްރަށް 3 ބިލިއަން ޑޮލަރުގެ ލޯނު ދިނުމަށް އައިއެމްއެފް އިން ފާސްކޮށްފި

ރާނިއާ - މެދުއިރުމަތި | 19 ޑިސެންބަރު 2022 , ހޯމަ 09:29   298

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެގްޒެކެޓިވް ބޯޑުން މިސްރަށް 46 މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރުގެ ލޯނު ދޫކުރުމަށް ފާސްކޮށްފައިވާ ކަމަށް ބުނެފިއެވެ.

މި ނިންމުމުގެ ސަބަބުން މިސްރަށް ގާތްގަނޑަކަށް 347 މިލިއަން ޑޮލަރު ވަގުތުން ދޫކުރެވޭނެ ކަމަށާއި، "އެއީ ބެލެންސް އޮފް ޕޭމަންޓްސް ބޭނުންވާ މިންވަރު ފުއްދައިދީ ބަޖެޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ ނިންމުމެއް" ކަމަށް އައިއެމްއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި ލޯނު ޕެކޭޖުގެ ސަބަބުން މިސްރުގެ ބައިނަލްއަގްވާމީ އަދި ސަރަހައްދީ ބައިވެރިންނަށް އެންމެ އާބާދީ ބޮޑު އަރަބި ގައުމު ފައިނޭންސް ކުރުމަށް އިތުރު 14 ބިލިއަން ޑޮލަރު ދިނުމަށް ހިތްވަރު ލިބޭނެ ކަމަށް ޝިންހާ ނޫސް އެޖެންސީން ބުނެ އެވެ.

އައިއެމްއެފް އިން ބުނި ގޮތުގައި މި މާލީ އެހީތެރިކަން ދީފައިވަނީ މިސްރު ސަރުކާރުން އިގްތިސާދީ އިސްލާހު ކުރުމުގެ ޕްރޮގްރާމެއްގެ ބަދަލުގައި ކަމަށާއި އެއީ "ދެމެހެއްޓެނިވި، ހުރިހާ ފަރާތްތަކެއް ހިމެނޭ އަދި އަމިއްލަ ދާއިރާގެ އިސްވެރިން އިސްނަގައިގެން ކުރިއެރުމަށް" މަގުފަހިވާނެ ކަމެއް ކަމަށް އުންމީދުކުރާ ކަމަށްވެސް އައިއެމްއެފް އިން ވަނީ ބުނެފައެވެ.

އައިއެމްއެފްގެ ލޯނު ނެރެފައިވަނީ ރަޝިޔާ އާއި ޔޫކްރޭންގެ ދަތިކަމުގެ ސަބަބުން އުފެދިފައިވާ މާކެޓްތަކުން ކެޕިޓަލް ދަށްވުމުގެ ސަބަބުން މިސްރުގެ އިންފްލޭޝަން މަތިވެ ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިސްރުގެ ބައެއް އިގްތިސާދީ މާހިރުން ދެކެފައި ވަނީ އައިއެމްއެފް އިން ފާސްކުރި ލޯނަކީ މިސްރުގެ އިގްތިސާދަށް "އިތުބާރުގެ ސެޓްފިކެޓެއް" ކަމަށެވެ.

" ކުރިއަށް އޮތް ހަތަރު އަހަރަށް އައިއެމްއެފް އިން މިސްރުގެ އިގްތިސާދީ އަދި ސްޓްރަކްޗަރަލް ރިފޯމް ޕްރޮގްރާމް ދެ އަހަރަކު އެއްފަހަރު އިވެލުއޭޓްކޮށް ރިވިއު ކުރާނެތީ ބައިނަލްއަގްވާމީ ވިޔަފާރިވެރިން މި އިތުބާރުގެ ސެޓްފިކެޓަށް އިންތިޒާރު ކުރަމުން އައިސްފައިވަނީ "، ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން މިސްރުގެ އިކޮނޮމިކް ޕްރޮފެސަރެއް އަދި ޕާލަމެންޓްރީ ޕްލޭނިން އެންޑް ބަޖެޓް ކޮމިޓީގެ އިސްވެރިޔާ ފަޚްރީ އަލް ފިގީ ވިދާޅުވި އެވެ.

އަލްފިގީ ވިދާޅުވީ އައިއެމްއެފްގެ ސަޕޯޓް ޕެކޭޖާއި އެކު އެހެން ޕާޓްނަރުންގެ ފަރާތުން ލިބޭނެ ކަމަށް ލަފާކުރެވޭ އިތުރު 14 ބިލިއަން ޑޮލަރުގެ ސަބަބުން ހޫނު ފައިސާ ނެގުމާއި ބޭރު ފައިސާގެ ދަތިކަން ފުއްދައިދީ އެންމެ ފަހުން އިންފްލޭޝަން ހިފެހެއްޓޭނެއެވެ.

ޓެގްސް: އައިއެމްއެފް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.