މި ޕްރައިމަރީގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިޚް އާއި ރައީސް ނަޝީދު ބައިވެރި ވާނެ ދެބޭފުޅުންވެސް އިޢްލާނުކުރައްވާފައިވޭ

ހަބަރު

އެމްޑީޕީ ޕްރައިމަރީ، އިތުރު ނުތަނަވަސްކަމަކަށް

ރާނިއާ - ދިވެހި ރާއްޖެ | 18 ޑިސެންބަރު 2022 , އާދީއްތަ 15:54   199

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނިކުންނާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގައި އޮންނާނެ ކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ.

އެޕާޓީން މިކަން އިޢްލާން ކުރައްވާފައިވަނީ ރައީސް ނަޝީދު ޤައުމުން ބޭރުގައި އުޅުއްވާ ދަނޑިވަޅެއްގައިކަމުން، ދެފެކްޝަން ދޭތެރޭގައި އަނެއްކާވެސް އިތުރު ކޯޅުމަކަށް ގޮސްފިއެވެ.

ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ ޕާޓީ މެންބަރުންނަށް މިއަދުން ފެށިގެން އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް އެޕާޓީއިން ވަނީ ބުނެފައެވެ.

ފޯމު ހުށަހެޅުމަށް އިޢްލާނުގައި ދީފައިވަނީ އެންމެ 5 ދުވަހެވެ.

ޕަރައިމަރީގައި ވާދަކުރަން ބޭނުންފުޅުވާ މެންބަރުން އެމެންބަރަކު ޕްރައިމަރީގައި ވާދަކުރަން 500 ޕާޓީ މެންބަރުންގެ ތާއިދާއެކު މިމަހުގެ 24 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަން ޖެހޭނެ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

މިގޮތުން ކެންޑިޑޭޓުންގެ ފައނަލް ލިސްޓާއި ކެންޑިޑޭޓް ނަންބަރު މިމަހުގެ 26 ވަނަ ދުވަހު އިއުލާން ކުރާނެއެވެ. ރިޔާސީ ޕްރައިމަރީ ވޯޓަރޒް ލިސްޓް އާންމު ކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. ވޯޓަރޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ ސުންގަޑިއަކީ މިމަހުގެ 31 ވަނަ ދުވަހުގެ 16:00 ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

އަދި ހަމަ އެހެންމެ އަންނަ ޖެނުިއަރީގެ 3 ވަނަ ދުވަހު ފައިނަލް ވޯޓަރޒް ލިސްޓް އާންމުކުރެވޭނެ އިރު ޖެނުއަރީ 10 ވަނަ ދުވަހު ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލެވިގެން ދާނެއެވެ.

2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރަސްމީ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދް ސޯލިޚް ވިދާޅުވެފައި ނުވި ކަމުގައިވި ނަމަވެސް އެމްޑީޕީއަށް ދެވަނަ ދައުރެއް ކާމިޔާބުކޮށްދޭން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދް ނަޝީދް ވެސް ވާދަ ކުރައްވާނެ ކަމަށް ލަފާކުރެވެއެވެ.

ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ބޭފުޅުންނަށް އެއްމަސް ދުވަހު ކެމްޕޭން ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށްވބެސް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ވެއެވެ.

އިލެކްޝަން ކޮމިޝަނުން 2023 ގެ ރިޔާސީ އިންތިހާބު ބެއްވުމަށް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގައެވެ.

ޓެގްސް: އެމްޑީޕީ އެތެރޭގެ އިންތިޚާބު އެމްޑީޕީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.