ފީފާ ވޯލްޑް ކަޕް 2022 ގެ ޗެމްޕިއަންސް

ކުޅިވަރު

2026 ވަނަ އަހަރަށް ލޯ އަޅަމުންދާއިރު ފީފާއިން 48 ޓީމު ވޯލްޑް ކަޕަށް ތައްޔާރުވަނީ

ރާނިއާ - ޔޫރަޕް | 19 ޑިސެންބަރު 2022 , ހޯމަ 14:16   99

ދެން އޮންނަ ވޯލްޑްކަޕެއްގައި، 48 ޓީމާއި، 3 ހޯސްޓް ގައުމާއި، 100 އަށް ވުރެ ގިނަ މެޗުކުޅޭނެއެވެ. މި ވޯލްޑް ކަޕަކީ ހަލުވި ކަމާއެކު، ފޯރިގަދަކޮށް ފީފާއިން ބޭއްވި ވޯލްޑް ކަޕަކަށް ވާއިރު، ފީފާއިން މިހާރު ދަނީ އެންމެ ބޮޑު ވޯލްޑް ކަޕް އިންތިޒާމު ކުރުމަށް ތައްޔާރުވަމުންނެވެ. އާދީއްތަ ދުވަހުގެ ރޭ ވޯލްޑް ކަޕް 2022 ނިމުނުތާ އަދި މާ ގިނަ އިރެއް ނުވި ކަމުގައިވިޔަސް މިހާރު ފީފާގެ ސަމާލުކަން އޮތީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށެވެ.

ފުރަތަމަ ފަހަރަށް ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ބާއްވާނީ ހޯސްޓް ތިން ގައުމު ތަކުގެ ތެރޭގައި އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ހިމެނޭނެއެވެ.

1998 ވަނަ އަހަރުން ފެށިގެން މިހާރު އޮތް 32 ޓީމުގެ ފޯމެޓަށް ވުރެ އިތުރުވުމާއެކު، އެމެރިކާ ނުވަތަ މެކްސިކޯގެ ބިމުގައި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި ބައިވެރިވި ޓީމުތަކުގެ އަދަދު ދެގުނައަށް އިތުރުވެ، މުބާރާތުގައި 48 ޓީމެއް ބައިވެރިނ ވާނެއެވެ.

ބޮޑުކުރި މުބާރާތަކީ 2016 ވަނަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ ސުޕްރީމޯގެ މަގާމާއި ހަވާލުވުމަށްފަހު ވޯލްޑް ކަޕް ފުޅާކުރުމަށް އިސްކަންދެއްވި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ލިބުނު ކާމިޔާބީއެއް ކަމަށް ވެސް ޔަގީނެވެ.

16 ޓީމު އިތުރުވުމަކީ ވޯލްޑް ކަޕް އުފެދުމަށް ފަހު އައިސްފައިވާ އެންމެ ބޮޑު ކުރިއެރުން ކަން ޔަގީނެވެ. 1930 ވަނަ އަހަރު ފުރަތަމަ މުބާރާތުގައި 13 ޓީމެއް ބައިވެރި ވެފައިވާއިރު، 1934 އިން 1978 އަށް 16 ޓީމުގެ އިވެންޓެއްގެ ގޮތުގައި ވޯލްޑް ކަޕް ކުރިއަށް ދިއުމަށް ފަހު، 1982 ވަނަ އަހަރު 24 ޓީމަށް އިތުރުވި އެވެ.

48 ޓީމަށް ފުޅާކުރުމުގެ އެންމެ ބޮޑު ފައިދާއެއް ލިބޭނީ އެފްރިކާއާއި އޭޝިއާ ދެގައުމަށެވެ. ކުރީގައި ކޮލިފައިވުމަށް 5 ސްލޮޓު ލިބުނު އެފްރިކާއަށް 9 ސްލޮޓް ދެން ލިބިގެން ދާނެއިރު، އޭޝިޔާ އަށް ކުރިން ލިބެމުން އައި 4.5 ސްލޮޓު ގާތްގަނޑަކަށް ދެގުނަވެ އޭޝިއާ ގައުމުތަކަށް 8 ސްލޮޓު ލިބޭނެއެވެ.

ޓެގްސް: ވޯލްޑްކަޕް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.