މަޖިލީސް އިންތިހާބުގެ ތެރެއިން

ހަބަރު

ޓޫނީޝިއާ : މަޖިލިސް އިންތިހާބުގައި ވޯޓުލާން ނިކުތީ އެންމެ 10 އިންސައްތަ މީހުން

ރާނިއާ - އެފްރުކާ | 19 ޑިސެންބަރު 2022 , ހޯމަ 12:15   117

ރައީސް ކައިސް ސައީދް ވެރިކަމަށް އައިސް ބާރު އަތުލައިގަތުމަށް ފަހު ބޭއްވި މަޖިލިސް އިންތިހާބުގައި ޓޫނީޝިއާގެ ރައްޔިތުން ވަނީ ބޮޑު އައުލަބިއްޔަތަކުން ވޯޓު ބޯއިކޮޓްކޮށްފައެވެ.

އިލެކްޓޯރަލް ބޯޑުގެ ރައީސް ފާރޫކް ބުސްކަރ ވިދާޅުވީ އެގައުމުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ 9 މިލިއަން މީހުންގެ ތެރެއިން ވޯޓުލާފައިވަނީ އެންމެ 8.8 އިންސައްތަ މީހުން ކަމަށެވެ.

މިއީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ބައިވެރިވެފައިވާ މީހުންނަސް ވުރެ 40 އިންސައްތަ މަދު އަދަދެކެވެ.

އަދި ފުރަތަމަ ނަތީޖާ ހޯމަ ދުވަހުގެ ނިޔަލަށް ލިބޭނެ ކަމަށް ބެލެވެއެވެ.

މި ވޯޓަކީ 2021 ވަނަ އަހަރުގެ ޖުލައި މަހު ކުރީކޮޅު ބާރުގަދަ، ގާނޫނު ހަދާ މަޖިލިސް އުވާލާއި، ގަރާރަކުން ވެރިކަން ކުރަން ހުށަހެޅުއްވި ފަހުން ސައީދު ގެނައި ސިޔާސީ ބަދަލުތަކުގެ ބައެކެވެ.

މިއަހަރު ސައީދު ލިޔުއްވި އާ ގާނޫނު އަސާސީއަކުން މަޖިލީހުގެ ބާރުތައް ލުއިކޮށް، މަޖިލިސް ރިޔާސީ ބާރުގެ ދަށަށް ލައި، ސަރުކާރާއި ސިޔާސަތުގެ މައްޗަށް މަޖިލީހުގެ ނުފޫޒު ކުޑަ ކުރިއެވެ.

ގާނޫނު އަސާސީގައި ދައުލަތުގެ އިސްވެރިޔާއަށް ބޮޑުވަޒީރާއި ސަރުކާރު އައްޔަންކުރުމުގެ އިތުރުން މަޖިލީހުން ރުހުން ހޯދަން ނުޖެހި ވަޒީފާއިން ވަކިކުރުމުގެ ބާރު ވެސް ރައީސަށް ލިބެއެވެ.

އިންތިހާބީ އާ ގާނޫނެއްގައިވާ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ގޮނޑީގެ އަދަދު 217 އިން 161 އަށް ދަށް ކުރެވިގެން ދާނެއެވެ.

ރައީސް ވަނީ އަހަރުތަކެއް ވަންދެން ސިޔާސީ ޕެރަލިސިސް އާއި އިގްތިސާދީ ހީނަރުކަމުން ޓޫނީޝިއާ ސަލާމަތް ކުރުމަށް މި ސިޔާސީ ބަދަލުތައް ބޭނުންވާ ކަމަށް ބުނެފައެވެ.

ޓެގްސް: އެފްރިކާ ބައްރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.