ގޫގުލްގެ ބާނީ ސުންދަރް ޕިޗާއީ

ހަބަރު

ސުންދަރް ޕިޗާއީ : ގޫގުލް ސަރޗް އަށް 25 އަހަރު ތެރޭގައި މިހާތަނަށް އެންމެ ގިނަ ޓްރެފިކް ރޭގެ މެޗުގެ ތެރެއިން

ރާނިއާ - ދުނިޔެ | 20 ޑިސެންބަރު 2022 , އަންގާރަ 08:29   103

އެލްފަބެޓް އަދި ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ ހޯމަ ދުވަހު ވިދާޅުވީ ގޫގުލް ސަރޗް އުފެދުނުތާ 25 އަހަރު ދުވަހުގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ ޓްރެފިކް ލޮގްކޮށްފައިވަނީ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗުގައި ކަމަށެވެ.

ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ލިއޮނަލް މެސީގެ ހުވަފެން އެންމެ ފަހުން އާދީއްތަ ދުވަހު ހަގީގަތަކަށް ވެގެން ދިޔައިރު، އާޖެންޓީނާ ވަނީ ހާސްކަމުގެ މަދު ވަގުތުކޮޅެއްގެ ތެރެއިން ސަލާމަތްވެ، ޑިފެންޑިން ޗެމްޕިއަން ފްރާންސް އަތުން 2-4 އިން ޕެނަލްޓީ ޝޫޓްއައުޓުން މޮޅުވެފައެވެ.

"ސާޗް ރެކޯޑް އެންމެ ގިނަ ޓްރެފިކް ލޮގްކޮށްފައިވަނީ 25 އަހަރު ތެރޭގައި #ފީފާވޯލްޑްކަޕް ގެ ފައިނަލް ތެރޭގައި, އެއީ މުޅި ދުނިޔެ އެއް ކަމަކާއި ބެހޭ ގޮތުން ސަރޗް ކުރި ވަގުތުތަކެއް،" ޕިޗާއީ ކުރި ޓްވީޓެއްގައި ބުންޏެވެ.

"ވަރަށް މޮޅު ކުޅުމެއް އާޖެންޓީނާއާއި ފްރާންސްގެ ދެ ޓީމުންވެސް. ހޯގޯ ބޮނީތޯ. މެސީއަށް ވުރެ އަޅުގަނޑު ދެކޭ ގޮތުގައި މި ވޯލްޑް ކަޕް ހައްގު ފަރާތެއް ނެތް،" ޕިޗާއީ އިތުރަށް ބުނެފައިވެއެވެ.

ގޫގުލް ސަރޗް އުފެއްދީ 1998 ވަނަ އަހަރު ސަރޖީ ބްރިން އާއި ލެރީ ޕޭޖް އެވެ. 2022 ވަނަ އަހަރު 90 އިންސައްތައަށް ވުރެ ގިނަ މާކެޓް ހިއްސާއާއި އެކު މިހާރު މާކެޓްގައި ގޫގުލް ސަރޗް ވެރިކަން ކުރަމުންދެއެވެ.

ޓެގްސް: ފުޓުބޯޅަ ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.