އިލޮން މަސްކް ޓްވިޓާއާއި ހަވާލުވެވަޑައިގަތީ 2022ގެ އޮކްޓޯބަރު މަހު 27 ވަނަ ދުވަހު

ހަބަރު

'ޓްވިޓާގެ ވެރިޔާގެ މަގާމުން ވަކިވާންވީ ތޯ، މަސްކްގެ ސުވާލެއް

ރާނިއާ - ދުނިޔެ | 20 ޑިސެންބަރު 2022 , އަންގާރަ 14:00   106

ޓްވިޓާގެ ވެރިޔާ އިލޯން މަސްކް ހޯމަ ދުވަހު ޕޯލެއް ފެށައި ޓްވިޓާގެ ހެޑްގެ މަގާމުން ވަކިވާންވީތޯ މައިކްރޯބްލޮގިން ސައިޓް ބޭނުންކުރާ މީހުންނާއި ސުވާލުކޮށް، ޕޯލްގެ ނަތީޖާއަށް ތަބާވާނެ ކަމުގެ ޔަގީންކަން ވެސް މަސްކް ވަނީ ދެއްވާފައެވެ.

މާސްކް އޭނާގެ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ޓްވިޓާގެ ވެރިޔާގެ މަގާމުން ވަކިވާންވީ ސުވާލުކޮށް މި ޕޯލްގެ ނަތީޖާއަސް ތަބާވާނެ ކަމަށް މަސްކް ވަނީ ބުނެފައެވެ.

މާސްކްގެ ޕޯލާއި މެދު ބައެއް ޔޫޒަރުން ހިޔާލު ފާޅުކުރިއެވެ. ޔޫޓިއުބްގެ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރު ޖިމީ ޑޮނަލްޑްސަން ނުވަތަ މިސްޓަރ ބީސްޓް ބުނީ “މިފަދަ ކަންތައްތައް ކުރަމުން ގެންދާނަމަ އާނ” އެކެއެވެ.

ފަހުން މާސްކް ކުރެއްވި ޓްވީޓެއްގައި ބުނީ، "އެ ބުނާ ފަދައިން، ތިމާ ބޭނުންވާ ކަންތައްތަކަށް ސަމާލުވާން ޖެހޭނެ، ލިބިދާން ވެސް ނުބަލާނެ" ކަމަށެވެ.

އޭނާގެ ޓްވީޓުގައި ޔޫޒަރަކު ކޮމެންޓްކޮށްފައިވަނީ، “ޔެޕް، އޭނާ މިހާރުވެސް ވަނީ އާ ސީއީއޯ ހޮވާފައި. ބޯޑުގެ ޗެއާމޭން އަދި ޓްވިޓާގެ ސީއީއޯގެ މަގާމުން އިލޯން އިސްތިއުފާ ދޭނެ" ކަމަށެވެ.

އަދި މިއަށް ރައްދު ދެމުން މަސްކް ވަނީ ޓްވިޓާ އަލުން ދިރުއްވަން އެއްވެސް މީހަކު މިވަޒީފާ ބޭނުން ނުވާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ މަހު މަސްކް ވަނީ ޓެސްލާ ވިޔަސް ޓްވިޓާގައި ވިޔަސް އެއްވެސް ކުންފުންޏެއްގެ ސީއީއޯއަކަށް ވާން ބޭނުން ނުވާ ކަމަށްވެސް ބުނެފަ އެވެ

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.