ފޮކްސްކޮން އަކީ އެޕަލްގެ އައިފޯން ޕްރޯ މޮޑަލްތަކުގެ މައި ސަޕްލަޔަރ

ހަބަރު

ފޮކްސްކޮން މައި ފެކްޓްރީގާއި ކޮވިޑް ފިޔަވަޅުތަކަށް ލުއިދީފި

ރާނިއާ - އޭޝިއާ | 19 ޑިސެންބަރު 2022 , ހޯމަ 15:04   106

އެޕަލް އައިފޯން ސަޕްލައި ކުރާ ފޮކްސްކޮން އިން ޗައިނާގައި ހުންނަ އެ ކުންފުނީގެ ޕްރައިމަރީ އައިފޯން ފެކްޓްރީގައި ހުރި ކޯވިޑް-19 ގެ ހުރަސްތައް އުވާލައި، އެކަމުގެ ސަބަބުން މުވައްޒަފުންނަށް އަނެއްކާވެސް މިނިވަންކަމާއެކު އުޅެވޭ ގޮތް ހަދައިދީފިއެވެ.

ބްލޫމްބާގުން ބުނާ ގޮތުގައި އޭގެ މާނައަކީ އެކުންފުނީގެ "ޕޮއިންޓް ޓު ޕޮއިންޓް" ސިސްޓަމް ނައްތާލެވޭނެ ކަމަށެވެ. މީގެ މާނައަކީ މަސައްކަތްތެރިންނަށް އެމީހުންގެ ޑޯރމްތަކާއި ފެކްޓްރީ ކެމްޕަހާއި ދެމެދުގައި ހަރަކާތްތެރިވުން މަނާ ކުރުން ކަމަށް އެޕަލްއިންސައިޑާ އިން ރިޕޯޓް ކޮށްފައިވެއެވެ.

މީގެ އިތުރުން ފޮކްސްކޮން އިން ވަނީ އޮންސައިޓް ކެފޭތައް އަލުން ހުޅުވައި ހިލޭ ކެއުން ދިނުން ހުއްޓާލާފައެވެ.

ޑިސެމްބަރު 16 އިން ޑިސެމްބަރު 31 އައި ހަމަޔަށް ގަވާއިދުން މަސައްކަތްކުރާ މީހުންނަށް ދުވާލަކު 15 ޔުއާން ދޭނެ ކަމުގައިވިޔަސް ކެއުމުގެ ހަރަދު މުސާރައިން އުނިކުރެވިގެން ދާނެއެވެ.

އެެހެން ނަމަވެސް، ކުންފުނިން ފޯރުކޮށްދޭ އެކޮމޮޑޭޝަންތަކުގައި މަޑުކުރަން އިހްތިޔާރުކުރާ ކޯވިޑް ބަލިމީހުންނަށް ހިލޭ ކެއުން ފޮކްސްކޮން އިން ފޯރުކޮށްދޭނެ ކަމަށް ރިޕޯޓުގައިވެއެވެ.

"ބަލިވެފައިވާ މުވައްޒަފުން އިތުރުވެ، މަސައްކަތްތެރިންގެ ދަތިކަން ކުރިމަތިވެދާނެ އަދި މި މައްސަލަތައް ފޮކްސްކޮން އިން މިހާރު ހައްލުކުރަން ޖެހޭ،" އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަންގެ ސީނިއާ ރިސާޗް މެނޭޖަރު ވިލް ވޮންގް ވިދާޅުވިއެވެ.

"މާލީ ބަދަލު ދިނުމުގެ އިތުރުން މުވައްޒަފުން ހިތްހަމަޖައްސައިދިނުމަށް އިތުރު އިސްނެގުމެއް އަޅަން ޖެހޭނެ،" ވޮންގް އިތުރަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ފޮކްސްކޮން އިން ފުލް ކެޕޭސިޓީއަށް އަނބުރާ ދިއުމަށް 1،00،000 އާ މަސައްކަތްތެރިން ބޭނުންވާ ނަމަވެސް ކަރަންޓީން ޖާގަ މަދުވުމުގެ ސަބަބުން ވަޒީފާއަށް އާ މުވައްޒަފުން ނެގުން ވަނީ މަދުކޮށްފައެވެ.

ޓެގްސް: ޗައިނާ ކޮވިޑް19
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.