ސްޕޭސް އެކްސް ސެޓްލައިޓް މެދުވެރިކޮށް އިންޓަނެޓް ހޯދުމަށް ބޭނުން ކުރާ ޑިޝް ޕެކޭޖް

ޓެކްނޯލޮޖީ

ސްޓާރ ލިންކްގެ އިތުރު ޑިޝްތަކެއް މަސްކް ޔޫކްރޭނަށް ހަދިޔާކޮށްފި

އަލީ އަޒްޔަން - ޔޫރަޕް | 6 މާރޗް 2022 , އާދީއްތަ 16:10   537

ވިޔަފާރިވެރިޔާ އީލާން މަސްކް ސޯޝަލް މީޑިއާގައި ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް ޔޫކްރޭނަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި އިތުރު އާލާތްތައް އެނާގެ ކުންފުނި ސްޕޭސް-އެކްސް އިން ޔޫކްރޭނަށް ހަދިޔާކޮށްފިއެވެ.

ލޮރިއެއްގެ ފުރާ ހުރި ކުދި ސެޓެލައިޓް ޑިޝްތަކެއް ލިބިފައިވާކަމަށް ޔޫކްރޭނުގެ ވައިސް ޕްރައިމް މިނިސްޓަރ މިކައިލޯ ފެޑެރޭވޯ ވަނީ ބުނެފައެވެ.

ރަޝިއާއިން ޔޫކްރޭނަށް އެރުމާއި ގުޅިގެން ޔޫކްރޭނުގައި އިންޓަނެޓްގެ ޚިދުމަތަށް ވަނީ ބުރޫ އަރަން ފަށާފައެވެ. ސްޕޭސް-އެކްސް ކުންފުނިން މިހަދިޔާ ތަކެއްޗާއި އެކު، އެކުންފުނީގެ ސެޓެލައިޓް ސްޓާރލިންކް މެދުވެރިކޮށް ޔޫކްރޭން ރައްޔިތުންނަށް އިންޓަނެޓްގެ ޚިދުމަތްތައް ހޯދުމަށް ފަސޭހަތަކެއް ލިބިގެން ދާނެއެވެ.

ނަމަވެސް، މި ފަހަރު މިފޯރުކޮށް ދެވުނުތަކެތި ބޮޑަށް ބޭނުން ކުރެވޭނީ ޔޫކްރޭން ސަރުކާރުގެ އެކި އެކި ބޭނުންތަކަށް ކަމުގައި ބެލެވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.