މެލޭޝިޮއާގެ އެއާ ޓްރެފިކް ކޮވިޑް- 19 އަށް ފަހު އެންމެ މަތީގައި

ހަބަރު

މެލޭޝިއާގެ އެއާ ޕެސެންޖަރުންގެ ޓްރެފިކް 2023 ވަނަ އަހަރު 80.8 މިލިއަނަށް އަރަނީ

ރާނިއާ - މެލޭޝިޔާ | 20 ޑިސެންބަރު 2022 , އަންގާރަ 10:42   179

މެލޭޝިއަން އޭވިއޭޝަން ކޮމިޝަން (މެވްކޮމް) އިން ލަފާކުރާ ގޮތުގައި 2023 ވަނަ އަހަރު އެއާ ޕެސެންޖަރުންގެ ޓްރެފިކް އަހަރުން އަހަރަށް 40 އިންސަތައާއި 52 އިންސައްތައާއި ދެމެދުގެ އަދަދަކަށް އިތުރުވާނެއެވެ.

މިއީ 2022 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރު އިން ފެށިގެން މުހިއްމު މާކެޓްތައް މަޑުމަޑުން އަލުން އާލާވުމުގެ ސަބަބުންނެވެ. އަދި މެލޭޝިއާ އެއާލައިންސް، އެއާއޭޝިއާ، އެއާއޭޝިއާ އެކްސް، އަދި ބާޓިކް އެއާ ހިމެނޭ ގޮތަށް ލޯކަލް ކެރިއަރުން ކެޕޭސިޓީ އަލުން ހޯދައި ފްލައިޓްތައް އިތުރު ކުރުމުގެ ޕްލޭންތައް އެކުލަވާލާފައިވާ ކަމަށް ވެސް މެވްކޮމް އިން ވަނީ ބުނެފައެވެ.

ވޭޕޮއިންޓްގެ ޑިސެމްބަރު އެޑިޝަންގައި މެވްކޮމް އިން ފާހަގަކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޖުމްލަ ޕެސެންޖަރ ޓްރެފިކް އެންމެ މައްޗަށް ގޮސްފައިވަނީ 15.6 މިލިއަނަށް ކަމަށާއި، މިއީ ކޮވިޑް-19 ފެށުނު ފަހުން އެންމެ މަތީ އަދަދުވެސް މެއެވެ.

އީ-ކޮމާސް އާއި އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސް ދާއިރާގެ ކުރިއެރުން ދެމިއޮތުމުގެ ސަބަބުން 2023 ވަނަ އަހަރު ކާގޯ ޓްރެފިކް ކޮންމެ އަހަރަކު 3 އިންސައްތައާއި 4.8 އިންސައްތައާއި ދެމެދުގެ މިންވަރަކަށް އިތުރުވެ، 22.4 ބިލިއަން އާއި 22.8 ބިލިއަން ފްރެއިޓް ޓަން ކިލޯމީޓަރު (އެފްޓީކޭ) ވެސް އިތުރުވާނެ ކަމަށް މެވްކޮމް އިން ފާހަގަކުރިއެވެ.

މެވްކޮމްގެ އެއާ ކަނެކްޓިވިޓީ އިންޑެކްސްއާއި ހަވާލާދީ، 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އޭޝިއަންގެ އެންމެ ގުޅިފައިވާ ގައުމުގެ ގޮތުގައި މެލޭޝިއާގެ ރޭންކިން ފަސް ވަނައިން ހަ ވަނައަށް ވެއްޓުނީ ޗައިނާގެ ޒީރޯ ކޯވިޑް-19 ޕޮލިސީގެ ސަބަބުންނެވެ.

މެލޭޝިޔާއިން ބައިނަލްއަގްވާމީ ގޮނޑިތަކާއި މަންޒިލްތައް އިތުރުވި ނަމަވެސް، ލޯ ވެއިޓޭޖް އެއާޕޯޓްތަކަށް ޝެޑިއުލްކޮށްފައިވާ ބައިނަލްއަގްވާމީ ގޮނޑިތަކުގެ އިންސައްތަ މަތިވުމުން ރޭންކިން ކުޑަކޮށް ދަށްވިއެވެ.

މީގެ އިތުރުން ސިންގަޕޫރުގެ ޗަންގީ އެއާޕޯޓާއި ތައިލެންޑްގެ ސުވަރނަބޫމީ - ނިއު ބެންކޮކް އިންޓަނޭޝަނަލް އެއާޕޯޓާއި ފިލިޕީންސްގެ ނިނޯއީ އަކިނޯ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު އޭޝިއާގައި އެންމެ ގިނައިން ގުޅިފައިވާ އެއާޕޯޓަކީ ކޭއެލް އިންޓަނޭޝަނަލް އެއާޕޯޓެވެ.

ޓެގްސް: މެލޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.