ގޫގުލް އިން އިތުރަށް ބުނީ މި ފީޗާ ފުޅާދާއިރާއެއްގައި ތައާރަފްކުރުމާއި ބެހޭ އިތުރު އަޕްޑޭޓްތައް ފަހުން އިއުލާން ކުރާނެ ކަމަށް

ޓެކްނޯލޮޖީ

ގޫގުލް އިން ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީ ކިޔަން އިނގޭ ޓެކްނޮލޮޖީއެއް އުފައްދަނީ

ރާނިއާ - ދުނިޔެ | 24 ޑިސެންބަރު 2022 , ހޮނިހިރު 10:56   280

ގިނަ ޓެކް ކުންފުނިތަކުގެ ނާކާމިޔާބު މަސައްކަތްތަކަށް ފަހު، ގޫގުލް އިން އަންނަނީ ޑޮކްޓަރުންގެ ލިޔުން، ޕްރިސްކްރިޕްޝަންތައް ކިޔަން ދަނެގަންނަ ޓެކްނޮލޮޖީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ސުންދަރް ޕިޗާއީގެ ކުންފުނިން އަންނަނީ އިންޑިއާގައި ބާއްވާ އަހަރީ ކޮންފަރެންސްގައި ޑޮކްޓަރުންގެ އަތުލިޔުން ކިޔާލެވޭ ގޮތަށް ބަދަލު ކުރެވޭނެ ގޮތްތަށް ހޯދުމުގެ ގޮތުން ފާމަސިސްޓުންނާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މިވަގުތު ރިސާޗް ޕްރޮޓޯޓައިޕެއް ކަމަށްވާ މި ފީޗާއިން ކިޔަން ނޭންގޭ ބޭސް ސިޓީގެ ފޮޓޯއެއް ނަގައި އަޕްލޯޑް ކުރެވެއެވެ. މި ޑޭޓާއާއި އެކު ގޫގުލް އިން ދެން ނޯޓުގައި ބަޔާންކޮށްފައިވާ ބޭސްތަކުގެ ނަންތައް ފާހަގަކުރާނެ ގޮތް ގޫގުލްގެ އެގްޒެކެޓިވް އަކު ވަނީ ކޮންފަރެންސްގައި ދައްކާލާފައެވެ.

ގޫގުލް ލެންސް ވެސް މިފަދައިން މަސައްކަތް ކުރާއިރު، އަތުން ލިޔެފައިވާ ނޯޓްތައް ކިޔާލަން ފަސޭހަ ކޮށްދެއެވެ.

“އަޅުގަނޑުމެން މިއަދު ދައްކައިމިލަނީ އަތުން ލިޔެފައިވާ ބޭސް ސިޓީތަކުގެ ތެރެއިން ބޭސްތައް ދެނެގަނެ، އަދި އެއަށް އަލިއަޅުވާލެވޭނެ އެންމެ ޒަމާނީ އޭއައި އަދި މެޝިން ލާނިން މޮޑެލް މިއީ ފާމަސިސްޓުން ފަދަ ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީ ކިޔަން އިނގޭ މީހުން އިތުރުކޮށްގެން އަތުން ލިޔެފައިވާ މެޑިކަލް ޑޮކިއުމަންޓްތައް ޑިޖިޓަލައިޒް ކުރުމަށް އެހީތެރި ޓެކްނޮލޮޖީއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމެއް ނަމަވެސް ހަމައެކަނި މި ޓެކްނޮލޮޖީއިން ލިބޭ ނަތީޖާއަކަށް ބަލައިގެން އެއްވެސް ނިންމުމެއް ނުނިންމޭނެ،” އެކުންފުނިން ނެރުނު ބަޔާނުގައިވެއެވެ.

ގޫގުލް އިން އިތުރަށް ބުނީ މި ފީޗާ ފުޅާދާއިރާއެއްގައި ތައާރަފްކުރުމާއި ބެހޭ އިތުރު އަޕްޑޭޓްތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ޓެގްސް: ސިއްޙަތު ގޫގްލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.