ފައިލް ފޮޓޯ

ހަބަރު

އެމްޑީޕީ، ގައުމީ މަޖިލީހުގެ 70 އިންސައްތަ އަށް ވުރެ ގިނަ މެންބަރުން ރައީސް އަށް ބައިއަތުހިފައިފި

ރާނިއާ - ދިވެހި ރާއްޖެ | 20 ޑިސެންބަރު 2022 , އަންގާރަ 15:52   165

ރައީސް ކަމުގެ ދެވަނަ ދައުރަކަށް ނިކުންނަން ރައީސް އިބްރާހިމް މުހައްމަދް ސޯލިޚް ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި، ކެމްޕޭން ފެއްޓުވުމުގެ ގޮތުން ވަނީ ގައުމީ މަޖިލީހުގެ މްންބަރުންނާއި ބައްދަލު ކުރައްވާފައެވެ.

ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ބައިވެރިވި މި ބައްދަލުވުން ބާއްވާފައިވަނީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މަރުކަޒުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ބޭނުންކޮށްފައިވާ ސޯލްޓް ކެފޭގައެވެ. އަދި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ ވާދަކުރައްވާނެ ކަމަށް ވެސް މި ބައްދަލުވުމުގައި ކަށަވަރުކޮށްދީފައިވާ ކަމަށް މި ބައްދަލުވުމުގައި ބައިވެރިވި ސީނިއާ އެމްޑީޕީ މެންބަރަކު ވިދާޅުވިއެވެ.

މިގޮތުން އެމްޑީޕީ ގައުމީ މަޖިލީހުގެ 167 މެންބަރުންގެ ތެރެއިން 120 މެންބަރުން ވަނީ ރައީސާއި ބައިއަތު ހިފާފައެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ބައިވެރިވެ ވަޑައިގަތެވެ. ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންގެ އިތުރުން ދާއިރާތައް ތަމްސީލް ކުރާ އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންވެސް މިނުރަސްމީ ބައްދަލުވުމުގައި ބައިވެރިވަދައިގަތެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޕްރައިމަރީގައި އެމްނިކްފާނަސް ތާއިދުކޮށްދެއްވުމަށް އެދި، ކެމްޕެއިން ހަރަކާތްތައް ފައްޓަވައި، އެމްޑީޕީގެ އާންމު މެމްބަރުންނާއި ބައްދަލުކޮށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިފައެވެ.

އެމްޑީޕީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދް ސޯލިޚްގެ އިތުރުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދް ނަޝީދް ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް އެމްޑީޕީއިން ޕްރައިމަރީ ބާއްވާއިރު އިދިކޮޅު ޕީޕީއެމް އިން ވަނީ ޕްރައިމަރީ އަކާއި ނުލާއި ޓިކެޓް ރައީސް ޔާމީނަށް ދެއްވާފައެވެ. އަދި ރިޔާސީ އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ތާވަލުކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުއެވެ.

ޓެގްސް: އެމްޑީޕީ އެމްޑީޕީ އެތެރޭގެ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.