ފޮޓޯ : ރޮއިޓާސް

ހަބަރު

ތައިލެންޑްގައި ހަނގުރާމަމަތި މަނަވަރު ބަންޑުން ޖަހާލައި 31 މީހަކު ގެއްލިއްޖެ

ރާނިއާ - އޭޝިއާ | 21 ޑިސެންބަރު 2022 , ބުދަ 10:03   125

ތައިލެންޑް ގަލްފުގައި ތޫފާނެއްގައި 100 އަށް ވުރެ ގިނަ ފަޅުވެރިންނާއެކު ދަތުރުކުރި ހަނގުރާމަ މަނަވަރެއް ބަންޑުން ޖަހާލައި އަޑިއަށް ގޮސް 31 ކެޔޮޅުން ގެއްލިފައިވާ ކަމަށް ތައިލެންޑްގެ ކަނޑުގެސިފައިން ވަނީ ބުނެފައެވެ.

އެޗްޓީއެމްއެސް ސުޚޯތައި އަޑިއަށް ދިޔައީ އާއްދީތަ ދުވަހުގެ ރޭ އެ މަނަވަރުގެ ކަރަންޓް ކޮންޓްރޯލްތަކަށް ފެން ވަދެގެންނެވެ.

ހޯމަ ދުވަހު ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ 75 ކެޔޮޅުން ސަލާމަތްކޮށްފައިވާ އިރު، ގަދަ ކަނޑުތަކުގައި 31 ކެޔޮޅުން އަދިވެސް ގެއްލިފައިވާ ކަމަށެވެ.

ސަލާމަތްވި މީހުން ހޯދުމަށް ސަރޗް ކްރޫއިން ރޭގަނޑު މަސައްކަތް ކުރިއިރު، ހޯމަ ދުވަހު ވައިގެ ސިފައިންގެ އެހީތެރިކަމާއެކު އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައެވެ.

އަދި އެ ކާރިސާ ދިމާވި ސަބަބު ތަހުގީގުކުރާނެ ކަމަށް ވެސް ކަނޑުގެ ސިފައިން ވަނީ އިއުލާންކޮށްފައެވެ.

އޮފިޝަލުން ބުނީ ބޯޓު އަޑިއަށް ދިޔައީ ފެން އެޅިގެން ބޯޓުގެ ހަލްގައި ފެންބޮޑުވެ ޕަވަރ ރޫމް ޝޯޓް ސާކިއުޓް ވެފައިވުމުންނެވެ.

ކަރަންޓް ގެއްލުމާއެކު، ބޯޓުގެ ކޮންޓްރޯލް ހިފެހެއްޓުމަށް ފަޅުވެރިން މަސައްކަތް ކުރި އިރު، ބޯޓު އަޑިއަށް ދިޔައީ އާދީއްތަ ދުވަހު ތައިލްންޑް ގަޑިން 23:30 ހާއިރުއެވެ.

މަނަވަރު ތޫފާނުގައި ޖެހިފައިވަނީ ޕްރަޗަޕް ހިރީ ޚާން ޕްރޮވިންސްގެ ބަންގް ސަފާންގެ އިރުމަތީގައި 32 ކިލޯމީޓަރު ދުރުގައި ޕެޓްރޯލް ކުރަމުން ދިޔަ އިރުއެވެ.

ތައިލެންޑް ނޭވީގެ ޓްވިޓާ އެކައުންޓުގައި އާންމުކުރި ތަސްވީރުތަކުން ފެންނަނީ އުޅަނދު އޭގެ އެއްފަރާތުގައި އޮތް އިރު، ބެކްއަޕް ރެސްކިއު ޝިޕްތަކުން ގަދަ ކަނޑުގައި ސަލާމަތްވި މީހުން ހޯދަން މަސައްކަތް ކުރަމުންދާ މަންޒަރެވެ.

އެހީތެރިވުމަށް ކަނޑުގެ ސިފައިންގެ ތިން މަނަވަރާއި ހެލިކޮޕްޓަރު ފޮނުވި ނަމަވެސް ބޯޓު އަޑިއަށް ދިއުމުގެ ކުރިން އެ އުޅަނދާއި ހަމައަށް ދިޔައީ ހަމައެކަނި ހަނގުރާމަ މަނަވަރު އެޗްޓީއެމްއެސް ކްރަބޫރީ އެވެ.

ޓެގްސް: އިރުމަތީ އޭޝިއާ ތައިލޭންޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.