އައްޑޫ ސިޓީ، އެޗްއާރުސީއެމް

ހަބަރު

އެޗްއާރުސީއެމް، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާއިގުޅޭ ފޯރަމެއް ބާއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 ޑިސެންބަރު 2022 , އަންގާރަ 18:53   207

ހިއުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ އިސްނެންގެވުމުގެ މަތިން، އައްޑޫ ސިޓީގައި މަސައްކަތްތެރިންގެ ހައްޤުތަކާގުޅޭ ފޯރަމްއެއް ބާއްވައިފިއެވެ.

މިފޯރަމް ބާއްވާފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައެވެ.

މި ފޯރަމްގައި ހިއުމަންރައިޓްސް ކޮމިޝަންގެ އިތުރުން އައްޑޫގެ ގިނަ މުއައްސާސަތަކަކުން ބައިވެރިވެ ސެޝަންތައް ނަންގަވައިދެއްވިއެވެ. މީގެތެރޭގައި، މޯލްޑިވްސް ޕޮލިސް ސަރވިސް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަދި އައްޑޫސިޓީ ކައުންސިލުން ސެޝަންތަކެއް ނަގައިދީފައިވެއެވެ.

މިސެޝަންތަކުގައި މައިގަނޑުގޮތެއްގައި ވާހަކަދެކެވިފައިވަނީ، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ފޯރުކޮށްދިނުމުގައި މުއައްސަސާތަކަށް ދިމާވާދަތިތަކާއި ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން މިފަދަ މައްސަލަތައް ހައްލުކުރުމަށް ކަމާގުޅުންހުރި ފަރާތްތައް ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރެވި ބައިވެރިންގެ ފަރާތުން ހިޔާލު ހުށަހަޅުނެވެ.

ފޯރަމްގެ ތެރެއިން
ފޯރަމްގެ ތެރެއިން

ބައިނަލްއަޤްވާމީ ހިޖްރަވެރިންގެ ދުވަހާއި ދިމާކޮށް ބޭއްވި މިފޯރަމްގައި އައްޑޫސިޓީގައި ޤާއިމްވެފައިވާ އޮފީސްތަކާއި، މުއައްސަސަތަކާއި، ޖަމިއްޔާތަކުން އަދި ވަޒީފާދޭފަރާތްތަކުން ބައިވެރިވެފައިވެއެވެ. ކޮންމެ އަހަރެއްގެ 18 ޑިސެމްބަރ ގައި ފާހަނގާކުރާ ހިޖުރަވެރިންގެ ދުވަސް ފާހަނގަކުރުމުގެ މަޤްސަދަކީ ތަފާތުއެކި ސަބަބުތަކާހެދި އެހެންޤައުމުތަކަށް ހިޖުރަކުރާ ފަރާތްތަކުން އެޤައުމަށް ކޮށްދޭކަންކަން އަޤުވަޒަންކުރުމެވެ.

މި ފޯރަމްގައި ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ބައިވެރިން ހުށަހަޅާފައިވާ ބިނާކުރުވަނިވި ހިޔާލުތަކުގެ އަލީގައި ބިދޭސީ މަސައްކަތް ތެރިންގެ ހައްޤު ހިމާޔަތްކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް އަމާޒުކުރާނެ ދާއިރާތަށް ކަނޑައެޅިގެންދާނެކަމަށް ވެސް، އެޗްއާރުސީއެމުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ޓެގްސް: އެޗްއާރުސީއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.