ގަން އިންޓަނޭޝަނަލް އެއާޕޯޓް

ހަބަރު

ގިނަ ޕްރައިވެޓެ ޖެޓުތަކެއް ރާއްޖެއަށް، 2019 އަށް ވުރެ 53 އިންސައްތަ އިތުރު

ރާނިއާ - ދިވެހި ރާއްޖެ | 21 ޑިސެންބަރު 2022 , ބުދަ 13:25   151

2019 އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރު ކަމަށް ވާއިރު، މިއަހަރު ރާއްޖެއަށް އައިސްފައިވާ ޕްރައިވްޓް ޖެޓުތަކުގެ އަދަދުތައް ވަނީ އެއާ އަޅާބަލާއިރު ވަރަށް ބޮޑު ތަނުން އިތުރުވެފައި ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

2019 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖެ އައި ޕްރައިވެޓް ޖެޓްތަކުގެ އިތުރަށް އެއަރކްރާފްޓް މޫވްމަންޓްވެސް އިތުރުވެފައި ވާކަމަށް، އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް މިއަހަރު ރާއްޖެއަށް އައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.

މިގޮތުން 2019 ވަނަ އަހަރާއި އަޅާބަލާއިރު ރާއްޖެ އައިސްފައިވާ ޕްރައިވަޓް ޖެޓްތަކުގެ އަދަދު 53 އިންސައްތަ އިތުރުވެފައިވާ އިރު އެއާކްރާފްޓް މޫވްމަންޓްވެސް 10 އިންސައްތަ އިތުރުވެފައިވާ ކަމަށް އަރީފް ވިދާޅުވިއެވެ.

ހަމައެހެންމެ 2019 ވަނަ އަހަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 1،702 ޕްރައިވެޓް ޖެޓު ޖައްސާފައިވާއިރު، މިއަހަރުގެ މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 2610 ފްރައިވެޓް ޖެޓް ވަނީ ޖައްސާފައެވެ. މިއަހަރުގެ އެއާކްރާފްޓް މޫވްމަންޓް 27،000 ގައި އުޅޭއިރު 2019 ވަނަ އަހަރު އެއާކްރާފްޓް މޫވްމަންޓް ހުރީ 24،000 ގައި ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައިއެވެ.

މިދިޔަ އަހަރު ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއްކޮށް ފަސިންޖަރުންގެ އަދަދު ހުރީ 1.4 މިލިއަންގައެެވެ. އެހެންކަމުން މިއަހަރު ވީއައިއޭ ބޭނުންކުރި ފަސިންޖަރުންގެ އަދަދު 2 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މިޮގޮތުން 2021 އާއި އަޅާބަލާއިރު އެއާކްރާފްޓް މޫވްމަންޓްވެސް ވަނީ 20 އިނަސައްތަ އިތުރުވެފައި ކަމަށް އެމްއޭސީއެލް އިން ކަށަވަރުކޮށްދިނެވެ.

2019 ވަނަ އަހަރާއި އަޅާބަލާފައި 2022 ވަނަ އަހަރުގައި ޖެނެރަލް އޭވިއޭޝަން ނުވަތަ ޖެޓުތައް ވަނީ %53 ކުރިއަރާފައި. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އޭގެއިތުރުން މުޅި އެއަރކްރާފްޓް މޫމަންޓްސް ވަނީ %10 އިތުރުވެފައި. މިއީ ވަރަށް ބޮޑު ކުރިއެރުމެއް އަޅުގަނޑުމެންނަށް. ފަސިންޖަރުންނަށް ބަލާކަމަށް ވަންޏާ އެރައިވިން ގާތްގަނޑަކަށް އަޅުގަނޑުމެންގެ ރިކަވަރީ 2019 އާއި އަޅާބަލާއިރު ގާތްގަނޑަކަށް މިއުޅެނީ %98 ރިކަވަރީއެއްގައި މިއުޅެނީ. މިއީ އަދި ޖަނަވަރީން ނޮވެމްބަރާއި ހަމައަށް. މާނައަކީ މިއަހަރު ނިމެންވާއިރަށް ވަރަށް ބޮޑަށް އެކްސީޑްވެގެންދާނެއޭ.

~ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް

ޓެގްސް: ޓޫރިޒަމް އެެމްއޭސީއެލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.