މާލޭ ސިޓީ ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތުގެ އިސްތިހާރެއް

ހަބަރު

މާލޭ ސިޓީ ކައުންސިލުން ރޯދަމަހު ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިފި

އަލީ އަޒްޔަން - ކ. މާލެ | 14 މާރޗް 2022 , ހޯމަ 21:38   344

މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތް 1443/2022 ގެ ނަމުގައި އަންނަ ރޯދަ މަހާއި ދިމާކޮށް ބޭއްވުމަށް ރޭވިފައިވާ ކަމަށް އެފަރާތުން ހާމަ ކުރައްވައިފިއެވެ.

ދެ ގުރޫޕަކަށް ބަހާލެވިގެން ކުރިއަށް ގެންދެވޭ މި މުބާރާތުގައި ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން ބައިވެރިވާނެއެވެ. މިގޮތުން ޖޫނިއަރ ކެޓެގަރީގައި ތިން އުމުރުފުރާ (6 އަހަރުން ދަށް، 9 އަހަރުން ދަށް، އަދި 11 އަހަރުން ދަށަށް) ކުދިން ބައިވެރިވާނެއެވެ. އަދި ސީނިއަރ ކެޓެގަރީގައި ވެސް ތިން ޢުމުރުފުރާ (13 އަހަރުން ދަށް، 16 އަހަރުން ދަށް، އަދި 19 އަހަރުން ދަށަށް) ކުދިން ބައިވެރިވާނެއެވެ.

ކޮންމެ ކެޓަގަރީ އަކުން ވެސް 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 37،000 ރުފިޔާ ދިނުމަށް ހުށަހަޅާފައިވެއެވެ. އަދި ވަނަ ހޮވޭ ފަރާތްތަކަށް ހަދާނީ ލިޔުން ދެވޭނެއެވެ.

އިތުރު މަޢުލޫމާތު: https://tinyurl.com/maleCityQuran2022

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.