ކާބުލް އެޑިއުކޭޝަން ޔުނިވާސިޓީގެ ބޭރުގައި ތާލިބާނުންގެ މެމްބަރަކު އަންހެން ދަރިވަރުންނާއި ވާހަކަ ދައްކަނީ

ދުނިޔެ

އަފްޣާނިސްތާނުގައި އަންހެނުންނަށް މަތީ ތައުލީމު ހާސިލު ކުރުމަށް ހުރަސްތައް ގިނަ

ރާނިއާ - މެދުއިރުމަތި | 22 ޑިސެންބަރު 2022 , ބުރާސްފަތި 14:47   260

އަފްޣާނިސްތާނުގެ ތާލިބާނުން ހިންގާ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން އަންގާރަ ދުވަހު ވަނީ އަންހެން ދަރިވަރުންނަށް ޔުނިވާސިޓީތަކަށް ވަނުން އިތުރު އެންގުމެއް ނިމެންދެން މަނާކޮށްފައެވެ. އަދި މިފިޔަވަޅާއި ގުޅިގެން އ.ދ.ގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތުންވެސް ވަނީ ތާލިބާނުން ކުށްވެރިކޮށްފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ތަރުޖަމާނަކު ކަށަވަރުކޮށްދިން ސިޓީއެއްގައި އަފްޣާނިސްތާނުގެ ކެބިނެޓްގެ ނިންމުމާ އެއްގޮތަށް، ޕަބްލިކް އަދި ޕްރައިވެޓް ޔުނިވާސިޓީތަކަށް ވަނީ އަންހެން ދަރިވަރުންނަށް ޔުނިވާސިޓީތަކަށް ވަނުން ވަގުތުން މަނާކުރުމަށެެވެ.

ބައިނަލްއަޤްވާމީ ގޮތުން ބަލައިނުގަނެފައިވާ ތާލިބާނުންގެ ވެރިކަމުގައި މިކަން އިއުލާންކޮށްފައިވަނީ އަފްޣާނިސްތާނާއިި ގުޅޭ ގޮތުން ނިއުޔޯކުގައި އ.ދ.ގެ ސަލާމަތީ މަޖިލީހުން ބޭއްވި ބައްދަލުވުމެއްގައެވެ.

އެމެރިކާ ހިމެނޭ ގޮތަށް ބޭރުގެ ސަރުކާރުތަކުން ވަނީ ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ތާލިބާނުން ހިންގާ ވެރިކަން ރަސްމީކޮށް ބަލައިގަތުމަށް ވިސްނުމުގެ ކުރިން އަންހެނުންގެ ތައުލީމާއި ބެހޭ ސިޔާސަތުތަކަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ބުނެފައެވެ.

"އަފްޣާނިސްތާނުގެ ހުރިހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ނުކުރާހާ ހިނދަކު ބައިނަލްއަގްވާމީ މުޖުތަމައުގެ ޝަރުއީ މެންބަރަކަށް ވާނެ ކަމަށް އުންމީދު ނުކުރެވޭނެ،" އެމެރިކާގެ ޑެޕިއުޓީ އަ.ދ ގެ އެމްބެސެޑަރު ރޮބަޓް ވުޑް ކައުންސިލަށް ވިދާޅުވި އެވެ.

މިފިޔަވަޅު އަޅާފައިވަނީ ޔުނިވާސިޓީގެ ގިނަ ދަރިވަރުންތަކެއް ޓާމް ނިމޭ އިމްތިހާނުތަކުގައި އިންނަވަނިކޮށެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ނަން ނުޖެހުމަށް އެދުނު ޔުނިވާސިޓީ ދަރިވަރެއްގެ މަންމައެއް ބުނީ ކާބުލްގައި މެޑިސިން ކިޔެވަމުން އައިސްފައިވާ އޭނާގެ ދަރިފުޅު މި އިއުލާންގެ ހަބަރު ލިބުމާއެކު ރޮމުން ގުޅާފައިވާ ކަމަށެވެ.

"އެކަނި އަހަރެން ނޫން.. އަދި (އެހެން) މައިންގެ ހިތުގައި އޮތް ވޭން، ސިފަ ނުކުރެވޭނެ. އަހަރެމެން އެންމެންނަށް ވެސް މި ވޭން އިހުސާސް ކުރެވޭ، އަޅުގަނޑުމެން ކަންބޮޑުވަނީ ދަރިންގެ މުސްތަގުބަލާއި މެދު،" އޭނާ ބުންޏެވެ.

ޓެގްސް: އަފްޢާނިސްތާނު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.