މީގެ ހަތަރު އަހަރު ކުރިން ރާއްޖެއިން، އަނިޔާތަކަކާއިއެކު ސަލާމަތްކުރި އޮލިވް ރިޑްލީ (ވާވޮށި ވެލާ) ކަހަނބު ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގެ ޕްލައިމައުތުގައި ހުންނަ ނޭޝަނަލް މެރިން އެކުއޭރިއަމްގައެވެ.
ފުރަތަމަ އަންހެން ކަނހަބެއް ކަމަށް ހީކޮށް، ހައިޑީގެ ނަމުން ނަންދެވުނު މި އޮލިވް ރިޑްލީ އަކީ ހަގީގަތުގައި 29 ކިލޯގެ ފިރިހެން ކަހަނބެއްކަމަށް މަޢްލޫމާތު ލިބެއެވެ. މަސްވެރިކަމުގައި ގެންގުޅޭ ޒާތުގެ ވަލެއްގައި ތާށިވެފައި އޮތްވާ، ކުރިމަތީ ދެ ފައިގައި ވެސް ފުން ޒަޚަމްތަކެއް ހުއްޓައި އޭނާ ފެނުނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހު އުތުރު މާލެ އަތޮޅުގެ ޑްރޮޕްޑް ޕިން ސައިޓުން ކޮމޯ ކޮކޯ އައިލެންޑްގެ ޓީމަކަށެވެ.
ފަހުން ހައިޑީގެ ވައާތު އަތް ކަނޑާލަން ޖެހުނުއިރު، މަސްތަކާއި ނާރުތަކާއި ލޭހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން ދިޔައެވެ. ނަމަވެސް އަތްތިލަ މިހާރު މަސައްކަތް ނުކުރެ އެވެ.
ސާޖަރީއަށް ފަހު ހަތަރު އަހަރު ހައިޑީ ހޭދަކުރީ ދިވެހިރާއްޖޭގެ ރީހެބިލިޓޭޝަން ޗެރިޓީއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓްގަ އެވެ. ބާ އަތޮޅުގެ ޑައިވިން އައިލެންޑް ކޯކޯ ޕާމް ދުނޫ ކޮޅުގައި ހުންނަ އެ ކުންފުނީގެ ވެޓެރިނަރީ އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ކަހަނބު ސަލާމަތްކުރާ ސެންޓަރަކީ ކޮކޯ ކަލެކްޝަން ރިސޯޓްތަކާއި ގުޅިގެން އުފެއްދި ސެންޓަރެކެވެ.
ހައިޑީ އިނގިރޭސިވިލާތަށް ނޮވެމްބަރު މަހު ފްލައިޓުން ގެންދިޔައިރު، އެކްވަރިއަމްގައި އެކްލިމޭޝަން ޓޭންކެއްގައި އެތައް ހަފްތާއެއް ހޭދަކޮށްފައިވީ ނަމަވެސް މިއަދު (20 ޑިސެމްބަރު) ވަނީ އެ ކުންފުނީގެ ގްރޭޓް ބެރިއާ ރީފް ޓޭންކަށް ލާފައެވެ.
އަނިޔާތަކެއް ލިބުނު ނަމަވެސް ހައިޑީ އަކީ ފަހަތު ފައި ބޭނުންކޮށްގެން ފަތަން ކުޅަދާނަ އަދި ޑައިވް ކުރަން މޮޅު ކަހަނބެއް، އަދިގިނަ ފަހަރަށް މަސްކޮޅުތައް ހިފުމަށް އެނބުރުމުގެ ހުނަރުވެސް ދައްކައެވެ.
މިލިޔުމާއި ގުޅޭ: