2010 ވަނަ އަހަރުގެ ކުރީކޮޅު ފޯނުތަކުގައި ރިމޫވޭބަލް ބެޓެރީ ހުރުމަކީ އާދައިގެ ކަމެއް

ދުނިޔެ

އީޔޫގެ ހުށަހެޅުމަކުން ސްމާޓްފޯނުގެ ބެޓެރީތައް އަލުން ބަދަލުކުރެވޭގޮތް ހެދިދާނެ

ރާނިއާ - ދުނިޔެ | 25 ޑިސެންބަރު 2022 , އާދީއްތަ 08:31   147

ސްމާޓްފޯންތަކުގެ ބެޓެރިތައް ދެމެހެއްޓެނިވި ކުރުމަށް އާ ގާނޫނުތައް ހެދުމަށް އީޔޫއިން މިހާރު ވަނީ އާ ގަވާއިދުތަކާއި އާ ގާނޫނުތައް އެކުލަވާލަން އެއްބަސްވެފައެވެ.މި ފިޔަވަޅު އަޅާފައިވަނީ ހުރިހާ ސްމާޓްފޯންތަކާއި ޓެބްލެޓްތަކާއި ލެޕްޓޮޕްތަކުގައި ޔޫއެސްބީ ޓައިޕް- ސީ ޗާޖިން ލާޒިމް ކުރުމަށް ފަހުގައެވެ.

ސެމްމޯބައިލް އިން ބުނާ ގޮތުގައި އާ ގާނޫނުތަކުގައި ބެޓެރީގެ މުޅި ލައިފް ސައިކަލް ހިމެނޭތީ، އާ ގަވާއިދުގެ ސަބަބުން ކޮންސިއުމަރ ޓެކް ވިޔަފާރިތަކަށާއި ބެޓެރީ އުފައްދާ ފަރާތްތަކަށް އާ ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. ބެޓެރީ އުފެއްދުމާއި، އާޓިފިޝަލް ޕްރޮޑަކްޓާއި، ބެޓެރީ ނައްތާލުމަކީ ބެޓެރީ ސައިކަލްގައި ހިމެނޭ ކަންކަމެވެ.

ޔޫރަޕިއަން ޔޫނިއަންގެ އާ ގާނޫނުގެ ދަށުން އިލެކްޓްރޯނިކް ބަޔާސް، އާޓިފިޝަލް ބެޓެރީ، އޮޓޯމޯޓިވް ބެޓެރީ، އަދި ދެ ފުރޮޅުލީ އުޅަނދާއި އިލެކްޓްރިކް ވެހިކަލް (އީވީ) ގައި ބޭނުންކުރާ ބެޓެރީ ހިމެނޭ ގޮތަށް ޔޫރަޕިއަން ޔޫނިއަންގައި ވިއްކާ ހުރިހާ ބާވަތެއްގެ ބެޓެރީތަކަށް ވެސް މިގާނޫނުގެ އަސަރު ކުރާނެ ކަމަށް ރިޕޯޓުގައިވެއެވެ.

މިގޮތުން 2024 ވަނަ އަހަރުގެ ކުރީކޮޅު އީޔޫގައި ބެޓެރީ އުފައްދާ ކުންފުނިތަކުން އުފަންވުމުން ފެށިގެން ރީސައިކަލް ކުރުމާއި ހަމައަށް އެމީހުންގެ އުފެއްދުންތަކުގެ ޖުމްލަ ކާބަން ފުޓްމާކް ރިޕޯޓް ކުރަން ޖެހޭނެއެވެ. އަދި މި ޑޭޓާ ބޭނުންކޮށްގެން ސީއޯ އެންމެ މަތީ ލިމިޓް ކަނޑައަޅާއި، މި ގަވާއިދަށް ޖުލައި 2027 ގައި އަމަލު ކުރަން ލާޒިމު ކުރުވާނެއެވެ.

ޓެގްސް: އީޔޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.