އިނާރމޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ، އަދި ތިން އެއަރލައިންގެ ބޯޓުތައް

ހަބަރު

ފާއިތުވެދިޔަ 6 އަހަރު ސްރީލަންކަން އިން ގެނައި އެއްވެސް ޕަސެންޖަރަކު މޯލްޑިވިއަން އިން އުފުލާފައިނުވޭ : އިނާރމޯލްޑިވްސް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 24 ޑިސެންބަރު 2022 , ހޮނިހިރު 13:09   207

ފާއިތުވެދިޔަ 6 އަހަރު ސްރީލަންކަން އިން ގެނައި އެއްވެސް ޕަސެންޖަރަކު މޯލްޑިވިއަން އިން އުފުލާފައިނުވާކަމަށް ސްރީލަންކަން އެއަރލައިންސްގެ އެއް އޭޖެންޓް، އަދި އިނާމޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.

ފިރާޤް މިހެން ވިދާޅުވީ، ފްލައި ދުބާޢީގެ ދަތުރުތައް އައްޑޫއަށް ތަޢާރަފްކޮށް އިފްތިތާޙްކުރުމަށްޓަކައި އައްޑޫ ސިޓީ މޭޔާރ ޢަލީ ނިޒާރު އާއިއެކު، ބުދަ ދުވަހުގެރޭ އައްޑޫ ހައި ސްކޫލުގައި ބޭއްވުނު ޢާއްމު ބައްދަލުވުމެއްގެ ތެރެއިންނެވެ.

ދެން އަޅުގަނޑުމެން ސްރީލަންކަން ފަށައިގެން ހަ އަހަރުވީއިރު، ދެން ވަރަށް ހިތާމަވެރިވާހަކައެއް ދަންނަވަން މިއުޅެނީ. އަދި ހަމަ ޔަޤީނުންވެސް ސްރީލަންކަން އިން ގެނައި އެއްވެސް ޕެސެންޖަރެއް ހުވަދޫއަކަށް ވެސް އަދި އެއްވެސް ހިސާބަކަށް މޯލްޑިވިއަންއަކުން ނުއުފުއްލާ. ހައަހަރު ޑެސެމްބާރ ފަސްޓަށްވީ.

~ މުޙައްމަދު ފިރާޤު، އިނާރ މޯލްޑިވްސް

ފިރާޤު އިތުރަށް ވިދާޅުވީ މިއާއި ވިދިގެން މިހާރު، ފްލައި ދުބާޢީގެ ދަތުރުތައް ފަށާއިރު އެޕްރޯޗް ތަފާތުވާނެކަމަށެވެ. އެގޮތުން ޤައުމީ އެއާލައިން މޯލްޑިވިއަންއަށް ބަރޯސާވުމުގެ ބަަދަލުގައި، މިހާރު ރިސޯޓުތަކާއި ވާހަކަދެކެވި އެހެންކަހަލަ އެއްބަސްވުންތަކަކަށް އާދެވިފައިވާކަމަށެވެ.

ނަމަވެސް، އެ ބައްދަލުވުމުގައި ބައިވެރިވި ޢާއްމުންގެ ތެރެއިން ބަޔަކު ވަނީ މިކަމާއި ސުވާލު އުފައްދަވާފައެވެ.

މިގޮތުން ޢާއްމުންގެތެރެއިން އެކަކު ސުވާލުކޮށްފައިވަނީ، ކިތަންމެވަރަކަށް އެއްބަސްވުންތައް ހެދިނަމަވެސް، މިހާރުވެސް ގަމުން މާލެއަށް ޖާގަ ނުލިބޭކަމަށެވެ. ޖާގައިގެ ޔަޤީންކަންނުލިބޭ ނަމަ ދެން ހައްދަވާނީ ކިހިނެތްތޯ ސުވާލުކުރެއްވިއެވެ. އަދި އެހެން އެއަރލައިންތަކާއިއެކު އެފަދަ ވާހަކަތަކެއް ދެކެވޭތޯވެސް ސުވާލުކުރެއްވިއެވެ. ނަމަވެސް، އެއަރ ސީދާ ޖަވާބެއް ނުދެއްވައި، ރިސޯޓުތަކުގެ އެއްބަސްވުންތަކުގެ ވާހަކަ އަނެއްކާވެސް ތަކުރާރުކުރެއްވިއެވެ.

ސްރީލަންކަން ފެށުނުފަހުން، މޯލްޑިވިއަންއާއި އެކު އެތައްފަހަރެއްގެމަތިން އެއްބަސްވުންތައް ހެދުނުނަމަވެސް، ނަތީޖާ ނުފެންނަކަމުގެ ޝަކުވާ ގިނަބަޔަކު އަންނަނީ އުފުލަމުންނެވެ. އަދި މޯލްޑިވިއަނުން ވެސް ކުރިއާލައި ޓިކެޓް ނުވިއްކުމާއި، ސާޗާޖު ކާގޯ ޗާޖުގެ އަގުތައް ބޮޑުކުރަމުންދާކަމުގެ ޝަކުވާވެސް އަންނަނީ ގިނަވަމުންނެވެ.

މިލިޔުމާއި ގުޅޭ:

ބައްދަލުމުގެ އުސްއަލި (ވީޑިއޯ ފުޓޭޖް)

ޓެގްސް: ރާއްޖެއަންނަ އެއަރލައިންތައް ގަން އިންޓަނޭޝަނަލް އެއަރޕޯރޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.