އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށްޓަކައި 20،000 މެމްބަރުންގެ ސޮއިކޮށްފައިވާ ތާޢީދުފޯމާއިއެކު ޕަޓީގެ އޮފީހަށް ހުށަހަޅުއްވައިފިއެވެ.
މިކަން ހާމަ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު، އަދި ރޮޒައިނާ އާދަމްގެ ފިރިކަލުން މުޙައްމަދު ނާޝިޒުއެވެ. ނާޝިޒުއަކީ ރައީސް ސޯލިހްގެ ކެމްޕޭން މެނޭޖަރު ވެސްމެއެވެ.

ރައީސް ސޯލިހްވަނީ ބުރާސްފަތި ދުވަހުގެރޭ ރަސްމީކޮށް ކެމްޕޭން ފައްޓަވާފައެވެ. އަދި ވާދަކުރައްވާ އަނެއް ކެންޑިޑޭޭޓް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ބުރާސްފަތި ދުވަހު ފޯމު ހުށަހަޅުއްވާފައެވެ.
ޕްރައިމަރީގައި ވޯޓުލުން އޮންނާނީ 28 ޖެނުއަރީ 2023 ގައެވެ.