މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (މައި ކޮލެޖް) އިން 35-50 ސިކުންތުގެ ވީޑިއޯތައްޔާރުކޮށް ހުށަހައިދީގެން ޓެބްލެޓާއި ފައިސާގެ އިނާމު ލިބޭގޮތަށް މުބާރާތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މިމުބާރާތުގައި ކޮންމެ ޢުމުރުފުރާއެއްގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށްޓަކައި އެއްވެސް ފީއެއްދައްކާކަށް ނުޖެހޭނެއެވެ.
މުބާރާތަށް ހުށަހެޅޭ ވީޑިއޯތަކަކީ އެކޮލެޖާއި ގުޅުންހުރި ނުވަތަ ގުޅުވާލެވިފައިވާ ވީޑިއޯތަކަކަށް ވާންޖެހެއެވެ. ކޮންމެ ބައިވެރިއަކަށް ވެސް އެއް ވީޑިއޯއަށްވުރެ ގިނަ ވީޑިއޯ ހުށަހެޅުމުގެ ފުރުޞަތުވެސް އޮންނާނެކަމަށް އެކޮލެޖުން މަޢްލޫމާތު ދެއްވައެވެ.
ހުށަހެޅޭ ވީޑިއޯތަކުގެތެރެއިން އެޕްރޫވްކުރެވޭ ވީޑިއޯތައް، ސޯޝަލްމީޑިއާއަށް ލުމަށްފަހު، އެންމެ ގިނަ ލައިކްސް އަދި ޝެއަރސް ހޯދާ ފަރާތްތަކަށް ޓެބްލެޓެއް އިނާމެއްގެ ގޮތުގައި ލިބޭނެއެވެ. އަދި ދެވަނައަށްދާ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު، ހަމައެހެންމެ ތިންވަނައަށް ދާފަރާތަކަށް 2،500 ރުފިޔާގެ ފައިސާގެ އިނާމު ދެވޭނެއެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާފަރާތްތަކަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރެޖިސްޓާކުރެވޭނެކަމަށް މައި ކޮލެޖުން މަޢްލޫމާތު ދެއްވާފައިވެއެވެ.