ރިޒާ ރައީސް ޔާމީން އާއި ސަލާންކުރައްވަނީ

ހަބަރު

އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 25 ޑިސެންބަރު 2022 , އާދީއްތަ 10:22   255

ރައީސް ޔާމީންގެ ސަރުކާރުގައި މެލޭޝިއާ އެމްބަސީގައި މަސައްކަތްކުރެއްވާފައިވާ، އަދި ރައީސް ވަހީދު ސަރުކާރުގައި ތަރުޖަމާންކަން ކުރެއްވި، އައްބާސް އާދިލް ރިޒާ، އިންޑިއާ އެމްބަސީއަށް ގެއްލުންދިނުމަށް ގޮވާލުމާއިގުޅިގެން ހައްޔަރުކޮށްފިއެެވެ.

ރިޒާ ހައްޔަރުކޮށްފައިވަނީ، ޢާއްމުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭގޮތަށް ވާހަކަދައްކެވުމުގެ ތުހުމަތުގައި، ތަޙްޤީގް ކުރުމަށްޓަކައެވެ.

އޭނާ ދާދިފަހުން ކުރި ޓްވީޓެއްގައި، އެމްޑީޕީ ސަރުކާރުގައި އިންޑިއާއިން އައްޑޫގެ ޕޮލިސް ސްޓޭޝަންތައް ހުޅުޖަހާލަން މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކޮށް، ބަދަލު ހިފުމުގެ ގޮތުން އިންޑިއާ އެންބަސީ އަށް ގެންލުންދިނުމަށް ހިތްވަރުދޭކަމަށް ދޭހަވާ ޢިބާރާތަކުން ބުނެފައެވެ.

މިކަމާއި ގުޅިގެން ސަރުކާރުން ވަނީ މިކަން ކުށްވެރިކޮށްފައެވެ. ފޮރިން މިނިސްޓްރީ އިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އަދި އިންޑިއާގެ ގިނަ ނޫސްތަކަކުން ވެސް ވަނި މިވާހަކަ ރިޕޯޓްކޮށްފައެވެ.

ރިޒާ އަކީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ފަރާތެކެވެ. އަދި ރިޒާ އާއި ގުޅުންހުރި ބައެއް ފަރާތްތަކުގެ ކަރަޕްޝަން މައްސަލަތަކެއް ވަނީ ހުކުމް އިއްވުމުގެ މަރުޙަލާގައެވެ.

ޓެގްސް: މާރާމާރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.