ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ވިލާތަކެއް

ހަބަރު

އުތުރުގެ ރަށްތަކަށް އަދިވެސް މޫސުމް ރަނގަޅެއްނުވޭ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 26 ޑިސެންބަރު 2022 , ހޯމަ 11:11   269

މިރެއާއި މާދަމާ އަނެއްކާވެސް އުތުރގެ ބައެއް ރަށްތަކަށް ބޯވާރޭވެރި ވައިގަދަވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

އެއިދާރާއިން އިތުރަށް ބުނެފައިވަނީ، މޫސުމް ގޯސްވާން ދިމާވީ ބޭއި އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑެއްގެ ސަަބަބުން ކަމަށެވެ. މިކޮޅިގަނޑު މިހާރު ސްރީލަންކާ ހުރަސްކޮށް ރާއްޖެއާއި ކައިރިއަށް ޖެހިލާފައެވެ.

ކުރިއަށް 24 ގަޑިއިރުތެރޭގައި ކޮޅިގަނޑު ރާއްޖެއާއި ފެޔަށްޖެހި އަރަބި ކަނޑަށް ދަތުރުކުރާނެއެވެ. އެހެންކަމުން ދެދުވަހެއްގެތެރޭގައި މޫސުމް ރަނގަޅުވާނެކަމަށް ވެސް ލާފާކޮށްފައިވެއެވެ.

ޓެގްސް: ވިއްސާރަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.