ޤައުމީ މަޖިލީހުގެ ބައްދަލުވުމުން، ނަޝީދު ފެކްޝަނުން ވަނީ ވޯކްއައުޓުކުރައްވާފައި

ހަބަރު

އެމްޑީޕީ، އަރައިރުންތަކަކަށްފަހު އިންތިޚާބުކޮމިޓީ ހޮވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 27 ޑިސެންބަރު 2022 , އަންގާރަ 09:34   194

ރިޔާސީ އިންތިޚާބުގައި، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެކަންކަން ބެލެހެއްޓުމަށްޓަކައި 5 މެމްބަރުންގެ ކޮމިޓީއެއް ހޮވައިފިއެވެ. މިމްބަރުން ހޮވާފައިވަނީ އާދީއްތަދުވަހުގެރޭ ބޭއްވުނު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. ފުރުޞަތު ހުޅުވަލައި މުއްދަތު ހަމަވިއިރު، ކުރިމަތިލައްވާފައިވަނީ ރައީސް ނަޝީދު އާއި ރައީސް ސޯލިޙްއެވެ.

ޤައުމީ މަޖިލީހުގެ ބައްދަލުވުން ވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައެވެ. ކޮމިޓީ ނެގުމަށް ހުޅުވާލުމުން ގިނަ ހުށަހެޅުންތަކެއް ލިބި ބޮޑު ބަހުސަކަށް ދިޔައެވެ. ރައީސް ނަޝީދަށް ތާޢީދުކުރައްވާ ޢަލީ އާޒިމް 5 ނަމެއް ހުށަހެޅުއްވިއެވެ.

ރިޔާސަތުގައި އިންނެވީ އެމްޑީޕީގެ މިހާރު ރައީސް ފައްޔާޒު އިސްމާޢިލްއެވެ. ފައްޔާޒު ވަނީ ޚިޔާލުތަފާތުވުން ބޮޑުވުން، ކެންޑިޑޭޓުންނަށް ނަން ހުށަހެޅުމުގެ ފުރުޞަތުވެސް ދެއްވާފައެވެ. ނަމަވެސް އެކަންވެސް ކާމިޔާބުނުވިއެވެ.

އަގްލަބިއްޔަތުން ފާސްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް ހުށަހެޅުއްވައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަޙްމަދު އީސާ ތާއީދު ތާއީދުކުރެއްވި 5 މެމްބަރުންގެ ކޮމިޓީއެވެ. އެމެމްބަރުންނަކީ؛

  1. އިބްރާޙީމް ވަޙީދު (ޗެއަރޕާސަންގެ ނައިބު އިދާރީ)
  2. އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު (ސްޕޯކްސްޕާސަން)
  3. މުޙައްމަދު އީމާން (ކެނދިކުޅުދޫ ދާއިރާގެ ރައީސް)
  4. އަކްރަމް ކަމާލުއްދީން (މަތިއުތުރު ޕްރޮވިންސްގެ ރައީސް)
  5. އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ އަފީފު ( ޤާނޫނީ ކޮމެޓީގެ ކުރީގެ މުޤައްރިރު)

އަޅުގަނޑު ފުރުސަތު އަރުވާނަން ދިހަ މިނެޓުގެ ފުރުސަތެއް، ތި ބޭފުޅުންނާ ތި ބޭފުޅުންގެ ތެރޭގަ ދެ ކެންޑިޑޭޓުންގެ މެނޭޖަރުންނާ ވާހަކަ ދައްކައިގެން އެއް ގޮތް ކުރެވޭތޯ. އެއް ގޮތް ނުކުރެވޭ ކަމަށް ވެއްޖިއްޔާމުން މި ތަނަށް ހުށަހެޅިފައިހުރި ގޮތަށް ވޯޓަށް އަހާނެ ވާހަކަ ދަންނަވަމުން

~ ފައްޔާޒު އިސްމާޢިލް، ޕާޓީގެ ރައީސް

އިތުރު ހުށަހެޅުންތައް ވެސް ހުށަހެޅުނެވެ. ނަމަވެސް ފާހެއް ނުވިއެވެ. ޕްރައިމަރީގެ ކަންކަމާއި ގުޅޭގޮތުން ދެން އޮންނާނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމާއި، ވޯޓްލާ މީހުންގެ ލިސްޓު ޢާއްމުކުރުމެވެ. އެކަންކުރަނީ އަންނަމަހުގެ ކުރީކޮޅުކަމަށް މަޢްލޫމާތު ލިބެއެވެ.

ޓެގްސް: އެމްޑީޕީ އެތެރޭގެ އިންތިޚާބު އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.