މާލޭ ސިޓީ މޭޔަރ މުއިއްޒު

ހަބަރު

މާލޭ ސިޓީކައުންސިލުން ކުނިނެގުމާއި ޙަވާލުވެއްޖެ

އަލީ އަޒްޔަން - ކ. މާލެ | 27 ޑިސެންބަރު 2022 , އަންގާރަ 09:55   195

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއިއެކު ހެދިފައިވާ އެއްބަސް އިތުރުކުރިއަށް ނުގެންދިއުމަށް ނިންމައި، މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތަކާއި، ޢާއްމުތަންތަނުން ކުނި ނެގުމާއި ޙަވާލުވެއްޖެއެވެ.

ކައުންސިލާއިއެކު ވެމްކޯއިން ހެދި 5 އަހަރުދުވަހުގެ އެއްބަސްވުން އާދީއްތަ ދުވަހާއި ހަމަޔަށް ވަނީ ނިމުމަކަށް އައިސްފައެވެ. ވެމްކޯއިން މިހާރު ވަނީ އެޚިދުމަތް ހުއްޓާލިކަން ޢާއްމުކޮށް އެންގުމުގެ ގޮތުން އިޢްލާނެއް ވެސް ނެރެފައެވެ.

މިއާއިއެކު އާއްމުންގެ މައިޒާންތަކުގެ އިތުރުން، މާރުކޭޓުތަކުގެ ކުނިނެގުން ވެސް ދެން ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލުންނެވެ.

ވެމްކޯއިން ބުނީ މާލޭގެ ޢާއްމުތަންތަނުގެ ކުނިނެގުން ހުއްޓާލިނަމަވެސއް ގޭބީސީތަކުގެ ކުނިކުރިއެކޭ އެއްގޮތަށް ނަގަމުންދާނެކަމަށެވެ.

މަޢްލޫމާތު ލިބިފައިވާގޮތުގައި، ސިޓީ ކައުންސިލުން ވަނީ މިހާރު އެމަސައްކަތާއި ޙަވާލު މަސައްކަތް ފަށާފައެވެ. އަދި އެކައުންސިލުން މީގެކުރިން ބުނެފައިވަނީ، ސާފުކުރަން ބޭނުންކުރާނެ އުޅަނދުތަކަކީ ބޭރުގެ ހިލޭއެހީގައި ހޯދާފައިވާ އުޅަނދުތަކެއް ކަމަށެވެ.

މަގުތަކާއި ޢާއްމުތަންތަން ސާފުކުރުމާއި، ޒީނަތްތެރިކޮށް ބޭއްވުމަކީ، ކައުންސިލްތަކުގެ މައި މެންޑޭޓްތަކުގެތެރޭގައި ހިމެނޭ، މުނިސިޕަލް ޚިދުމަތެކެވެ.

ޓެގްސް: މާލެ މާލެ ސިޓީކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.