އ.ދ. ގެ ސަލާމަތީ މަޖިލީހުން ނިއުޔޯކުގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުވުމެއްގެތެރެއިން

ދުނިޔެ

އ.ދ. ގެ ސަލާމަތީ މަޖިލީހުން ރަޝިޔާ ދުރުކުރުމަށް ޔޫކްރޭނުން އެދެފި

ރާނިއާ - ޔޫރަޕް | 27 ޑިސެންބަރު 2022 , އަންގާރަ 11:43   363

ހޯމަ ދުވަހު ޔޫކްރޭނުން ވަނީ ރަޝިޔާ އ.ދ. ގެ ސަލާމަތީ މަޖިލީހުން ދާއިމީ ގޮތަށް ބާކީ ކުރުމަށް މީގެ މަސްތަކެއް ކުރިންވެފައިވާ އެދުން އަނެއްކާވެސް ތަކުރާރުކޮށްފައެވެ.

"ޔޫކްރޭނުން އ.ދ. ގެ މެމްބަރު ގައުމުތަކަށް ގޮވާލަނީ އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ ގޮތުގައި ރަޝިޔާ ފެޑެރޭޝަނަށް އިންކާރުކުރުމަށާއި މުޅި އ.ދ. އިން ބާކީ ކުރުމަށް،" ޔޫކްރޭންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ރަޝިޔާ އ.ދ ގެ މެމްބަރުކަމާއި އ.ދ. ގެ ސަލާމަތީ މަޖިލީހަށް ދާއިމީ މެމްބަރުކަމުގެ މައްސަލަ ބައިނަލްއަގްވާމީ ގާނޫނުގެ ނަޒަރުގައި ބަލާނަމަ ކުއްވެރިވާ ކަމަށެވެ.

ރަޝިޔާގެ ފެޑެރޭޝަނުން ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުގެ ގޮނޑިއާއި ހަވާލުވެ އ.ދ. ގެ ޗާޓަރުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ވަނީ ދެކޮޅު ހަދާފައެވެ. އަދި 1991 ވަނަ އަހަރު ބޮރިސް ޔެލްސިން ވަނީ އ.ދ.ގެ ސެކިއުރިޓީ ޖެނެރަލްއަށް ފޮނުވި ސިޓީއެއްގައި ޗާޓާއާއި އެއްގޮތަށް އަމަލު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަމަ އެހެންމެ އ.ދ. ގެ ޗާޓަރުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އ.ދ. ގެ މެންބަރުން ކަމަށް ބަލައިގަނެވޭނީ ސުލްހައަށް ލޯބި ކުރާ ގައުމުތަކުން އެކަނި ކަމަށާއި، މިފިޔަވަޅު އެޅެވޭނީ ސެކިއުރިޓީ ޖެނެރަލްގެ އެދުމުން ޖެނެރަލް އެސެމްބްލީގެ ނިންމުމަށް ބިނާކޮށް އެކަންޏެވެ.

ޔޫކްރޭންގެ ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލެބާ މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ ކީވް އިން އަންނަނީ އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ރަޝިޔާ ހިމެނުމަކީ "ޣައިރު ގާނޫނީ" ކަމެއް ކަމަށާއި އ.ދ އިން ޔޫކްރޭން ވަކި ކުރުން ލާޒިމު ކަމަށް ސާބިތުކޮށްދިނުމަށް ރަސްމީ ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ.

ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެމެރިކާގެ ދެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވަނީ ރަޝިޔާ އ.ދ. ގެ ސަލާމަތީ މަޖިލީހުން ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، ސަލާމަތީ މަޖިލީހުގައި ރަޝިޔާ ހުރުމަކީ "އ.ދ. ގެ މަޤްޞަދުތަކާއި އުސޫލުތަކާ ހިލާފުވާ ކަމެއް" ކަމަށް ވިދާޅުވެފައެވެ.

ޓެގްސް: އ.ދ. ރަޝިއާ ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.