އޮކޫމާގައި ހުންނަ ފުކުޝިމާ ޑައިޗީ ނިއުކްލިއާ އިންޖީނުގެ

ހަބަރު

ޖަޕާނުން ނިއުކްލިއާ ހަކަތަ އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ޕްލޭނެއް ފާސްކުރަނީ

ރާނިއާ - އޭޝިއާ | 28 ޑިސެންބަރު 2022 , ބުދަ 09:38   146

ޖަޕާނުން ބުރާސްފަތި ދުވަހު ނިއުކްލިއާ ރިއެކްޓަރުތަކުގެ އުމުރު ދިގުކޮށް، ކުރީގެ ރިއެކްޓަރުތައް ބަދަލުކޮށް، އާ ރިއެކްޓަރުތައް ވެސް ހެދުމުގެ ޕްލޭނެއް ފާސްކުރިއިރު، މިއީ އެއް ޒަމާނެއްގައި އެޓޮމިކް ޕަވަރ މަރުހަލާތައް ނައްތާލަން ރާވާފައިވާ ފުކުޝިމާ ކާރިސާގެ ސަބަބުން ލިބުނު ބޮޑު ބަދަލެކެވެ.

ދުނިޔޭގެ ތެލުގެ ދަތިކަމާއި، އަގުތައް ބޮޑުވުމާއި، ކާބަން ދޫކުރުން މަދުކުރުމަށް ޕްރެޝަރު ބޮޑުވަމުންދާއިރު، ޖަޕާނުގެ ލީޑަރުން ވަނީ ނިއުކްލިއާ ހަކަތައާ ދިމާއަށް އެނބުރެން ފަށާފައެވެ.

އާ ސިޔާސަތުގެ ދަށުން ޖަޕާނުން މިހާރު ހުރި ރިއެކްޓަރުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ކުރާނީ ވީހާވެސް ގިނަ ރިއެކްޓަރުތައް އަލުން ފަށައި، މުސްކުޅި ރިއެކްޓަރުތަކުގެ އޮޕަރޭޓިން ލައިފް 60 އަހަރުގެ ލިމިޓަށް ވުރެ ދިގުކޮށްގެންނެވެ. މިގޮތުން އަންނަ ޖީލުގެ ރިއެކްޓަރުތައް ތަރައްގީ ކުރުމަށް ވެސް ސަރުކާރުން ވަނީ ވައުދުވެފައެވެ.

2011 ވަނަ އަހަރު އަިއސްފައިވާ ބާރުގަދަ ބިންހެލުމަކާއި އޭގެ ފަހުން އުފެދުނު ސުނާމީގެ ސަބަބުން ފުކުޝިމާ ޑައިޗީ ޕްލާންޓުގައި އެތައް ފަހަރަކު ހިންގި ކާރިސާތަކަކާއި ގުޅިގެން ޖަޕާނުގައި ނިއުކްލިއާއާއި ދެކޮޅު ޝުއޫރުތައް އުފެދި އޭރު ސަރުކާރުން ވަނީ ނިއުކްލިއާ ހަކަތައާއި ދުރުވާން ވައުދުވެފައެވެ. އެކަމަކު އޭގެ ފަހުން ސަރުކާރުން ވަނީ އެ ޓެކްނޮލޮޖީއަށް އަލުން ބަރޯސާވެ، ނިއުކްލިއާ އަށް ޓާގެޓެއް ކަނޑައަޅައި، ދިހަ އަހަރު ނިމޭއިރު ގައުމުގެ ހަކަތައިގެ 20-22 އިންސައްތަ ނިއުކްލިއާ ހަކަތައަށް ބަދަލުކުރަން ނިންމާފައެވެ.

އާ ސިޔާސަތުގެ ދަށުން ޖަޕާނުން މިހާރު ޑިކޮމިޝަން ކުރަން ނިންމާފައިވާ ގާތްގަނޑަކަށް 20 ރިއެކްޓަރުގެ ބަދަލުގައި "އަންނަ ޖީލުގެ އިނޮވޭޓިވް ރިއެކްޓަރުތައް" ތަރައްގީކޮށް ހެދުމަށް ވެސް ބާރު އަޅާނެއެވެ.

ޓެގްސް: ޖަޕާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.