ރާއްޖެއައި ޗައިނާގެ ފަތުރުވެރިންތަކެއް

ހަބަރު

އާއަހަރާއިއެކު ޗައިނާގެ ޓޫރިސްޓުން އަންނަން ފަށާނެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 28 ޑިސެންބަރު 2022 , ބުދަ 09:49   223

މީލާދީ އާއަހަރާއިއެކު ޗައިނާގެ ޓޫރިސްޓުން ރާއްޖެއަންނާނެކަމަށް ބެލެވެންފަށައިފިއެވެ.

ކޯވިޑް19 އާއި ގުޅިގެން ބޯޑަރު ބަންދުކުރިގޮތަށް އެގައުމުން ބޯޑަރު ހުޅުވާލާފައިނުވެއެވެ. އަދި އޭރު ބޯޑަރު ބަންދުކުރިއިރު، ރާއްޖެއަށް އެންމެގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔައީ ޗައިނާއިންނެވެ.

މިހާރު އެންމެގިނައިން އަންނަމުންދަނީ އަވަށްޓެރި އިންޑިއާގެ ފަތުރުވެރިންނެވެ.

ޗައިނާއިންވަނީ، ކުރިއަށް އޮތް އާހަރާއި ދިމާކޮށް ބޯޑަރު އަލުން ހުޅުވާލާނެކަމަށް ބުނެފައެވެ. އަދި މިހާރު އެހެން ގައުމުތަކުން އެގައުމަށްދާ ބޭރުމީހުން ވެސް ކަރަންޓީނުވާން މަޖުބޫރުވާ ސިޔާސަތަށް ބަދަލުގެނެސް، އެކަމުގައި ވެސް ލުއިތަކެއް ދީފައެވެ.

ޗައިނާގެ ދިވެހިންގެ ވިޔަފާރިތަކާއި ވެސް ރަށްޓެހި އަދި ފަރިތަ ތަނެކެވެ. އަދި ރާއްޖެއަކީ ޗައިނާގެ ރައްޔިތުންގެ މެދުގައި އެންމެ ގަޔާވާ ދުނިޔޭގެ ފަތުރުވެރި މަންޒިލްތަކުގެ ތެރޭގައި ހިމެނެއެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ރަނގަޅު ފައިދާތަކެއް ކުރާނެކަމަށް ފަންނީ މާހިރުން ދެކެވަޑައިގަނެއެވެ.

ޓެގްސް: ޗައިނާ ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.